ދިވެހިރާއްޖެއާ ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭއިރު، ކުރިމަގުގަވެސް މިގުޅުން އިތުރަށް ބަދަހިވުމަށް އުއްމީދު ކުރައްވާ ކަމަށް ރައީސު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި މުނާސަބަތުގެ ހެޔޮއެދުންތައް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް ވޮންގްއަށް ރައީސް ޑރ މުއިއްޒު ވަނީ ފޮނުއްވައިފައެވެ.
މި ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި ސިޓީފުޅުތަކުގައި، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު އޮތް ގާތް ގުޅުން ފާހަގަކުރައްވާ، މި ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ކުރިމަގަށް މުހިންމު އެކިއެކި ފުރުޞަތުތައް ހޯދުމަށް ދެ ޤައުމު ގުޅިގެން މުސްތަގުބަލުގައި މަސައްކަތް ކުރުމުގެ އުންމީދު އެ މަނިކުފާނު އައުކުރެއްވިއެވެ. ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުންތަކާއި ވިޔަފާރީގެ ގުޅުމަށް އިޝާރާތް ކުރައްވާ، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ ސިޔާސީ ގުޅުންތައް ބަދަހި ކުރުމުގައި ވޭތުވެދިޔަ އަހަރުތަކުގައި ދެ ޤައުމުގެ މަތީ ފަންތީގެ މުޢާމަލާތްތައް އިތުރުވެފައިވުމަކީ މިކަން ފަހިވުމަށް އެންމެ ބޮޑު ދައުރެއް އަދާކުރި ކަމެއް ކަމުގައި ފާހަގަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަޕޫރުގެ ރައީސް ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ވޮންގްއަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގެން، އަދި އެ ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާފައެވެ.
ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

ދިވެހިރާއްޖެއާ ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ "އެކްސް"
ދިވެހިރާއްޖެއާ ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރިތާ 50 އަހަރު ފުރޭ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ "އެކްސް" އެކައުންޓުގައި ވެސް ހެޔޮއެދުންތައް ހިއްސާކުރައްވާފައެވެ.