ހދ. ކުޅުދުއްފުށީގައި ސިހުރުގެ މައްސަލަ އިތުރުވަމުން ދިއުމާ ގުޅިގެން، ފުލުހުން މިއަދު ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަށް ގެއަކުން ސިހުރު ހެދުމަށް ބޭނުންކުރާ ބާވަތުގެ ތަކެތި ފެނިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަކޮށްފިއެވެ.
ފުލުހުން ދެއްވި މައުލޫމާތުގައި، މި އޮޕަރޭޝަންގެ ދަށުން ޖުމްލަ 10 ގެއެއް ބަލައި ފާސްކުރެވުނު ކަމަށާއި، އޭގެ ތެރެއިން 8 ގެއަކުން ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ލިޔެކިޔުންތަކާއި، ފޮތްތަކާއި އަދި އެހެނިހެން އާލާތްތައް ފެނިފައިވާ ކަމަށް ފުލުހުން ވަނ
އޮޕަރޭޝަނުން ފެނުނު އެންމެހައި ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. އެހެންނަމަވެސް އަދި މިމައްސަލާ ގުޅޭ ގޮތުން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

