އަހަރުގެ ފުރަތަމަ ބޮޑު ހިޓް ފިލްމަށް ވިކީ ކޯޝަލްގެ "ޗާވާ" ވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި މި ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މި ފިލްމު ރިލީޒްކުރި ދުވަހު އެކަނި އިންޑިއާ އިން 33.10 ކްރޯޑް ރުޕީސް (4 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ވަނީ ލިބިފައެވެ.
130 ކްރޯޑް ރުޕީސް (15 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި މި ފިލްމުގައި އިންޑިއާގެ ކުރީގެ ރަސްކަލެއް ކަމަށްވާ ޗަތުރަޕަތީ ސަނބާޖީ މަހާރާޖްގެ ރޯލުން ފެނިގެންދާ ހުނަރުވެރި ފަންނާނު ވިކީ ކައުޝަލް އަކީ މީގެ ކުރިން ނެޝަނަލް އެވޯޑް ހޯދާފައިވާ ފަރާތެއްކަން ފާހަގަކޮށްލެވެއެވެ.
އިއްޔެގެ ނިޔަލަށް އިންޑިއާ އެކަނިވެސް ފިލްމަށް 203.68 ކްރޯޑް ރުޕީސް (23.5 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ލިބިފައިވާއިރު، ބޭރުގެ މާކެޓްތައް ހިމެނޭހެން ލިބުނު އާމްދަނީގެ ޖުމްލަ އަދަދު 250 ކްރޯޑް ރުޕީސް (29 މިލިއަން ޑޮލަރު) އަށް އަރަައެވެ.
މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި "އެނިމަލް" އިން އާންމުންގެ ބޮޑު ސަމާލުކަމެއް ލިބުނު ރަޝްމިކާ މަންދަނާ އާއި އަކްޝޭ ކަންނާ ހިމެނެއެވެ.

