ރާއްޖޭގައި މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕަށް ހާއްސަ ގޭމެއް އުރީދޫއިން ތައާރަފްކޮށްފިއެވެ.
ސާފް ޗެމްޕިއަންޝިޕާ ގުޅުވައިގެން އުރީދުން ދެމުން ގެންދަ ހާއްސަ އޮފާރގެ ދަށުން މިފަހަރު ތައާރަފް ކުރެވިގެން މިދިޔައި މުޅިން ތަފާތު ގޭމެކެވެ. ރާއްޖޭގައި ގައުމީ ޖޯޝާއި ފުޓުބޯޅައިގެ ފޯރި އިތުރުކުރުމަށް އުރީދޫ އިން ތައާރަފްކުރި ސްކޯ އެންޑް ވިން ގޭމްގައި ޕެނަލްޓީ ކިކެއް ގޯލަށް ޖަހާ ސްކޯ ކުރާ ކަސްޓަމަރުންނަށް އެއް ޖީބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.
މިގޭމް ކުޅެން ބޭނުންވާ ނަމަ 50ރ. އަށްވުރެ މަތިން ރީޗާޖް ކޮށްގެން ގޭމް ކުޅެވޭނެ ކަމަށާއި އުރީދޫގެ ޕެކް އެކްޓިވޭޓްކުރާ ކަސްޓަމަރުންނަށްވެސް މި ގޭމް ކުޅެވޭނެކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.
އުރީދޫގެ އެޕްގައި އަލަށް ތައާރަފް ކުރެވުނު “ސްކޯ އެންޑް ވިން” ގޭމް ކުޅޭނެ ގޮތް އުރީދޫން ވަނީ ކިޔައިދީފައެވެ. އެގޮތުން އެންމެ ފުރަތަމަ އުރީދޫގެ އެޕަށް ވަދެ 50 ރުފިޔާއިން މަތިން ރީޗާޖްކުރަން ޖެހެއެވެ. ރީޗާޖް ކުރުމުން ސްކްރީނުން ފެންނަ PLAY ONCE އަށް ފިތާލާ ޕެނަލްޓީ ކިކަކުން ގޯލްޖަހާލުމުން ހިލޭ ޑޭޓާ ލިބިގެންދާނެއެވެ.
މީގެ އިތުރުން އުރީދޫން ވަނީ މިމެޗްތައް ބަލާލަން ހިލޭ ޓިކެޓް ލިބޭ ހަރާކާތްތަކެއްވެސް ހިންގާފައެވެ. އަދި އުރީދޫ މޫލީން ވިޔަފާރިކުރާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް އެބޭފުޅަކު ބޭނުން މެޗެއް ބަލާލަން ދާން ހިލޭ ޓިކެޓް ލިބިގެންދާނެއެވެ. އަދި މިއަދު ކުޅޭ ދެ މެޗް ލެޑް ސްކްރީނުން ބަލާލުމުގެ ފުރުސަތުވެސް ހުރިހާ ރައްޔިތުންނަށް އުރީދުން މިވަނީ ހުޅުވާލާފައެވެ.

