ގޯލްޑަން ފުޓްސަލް ޗެލެންޖް: ފައިނަލްގައި ކާށިދޫ އާއި ނައިވާދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގެ ދެ ޖާގަ ކ. ކާށިދޫ އާއި ހދ. ނައިވާދޫ އިން ކަށަވަރުކޮށްފިއެވެ.
ރޭ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ހދ. ނައިވާދޫ އާއި ލ.ގަން ބައްދަލުކުރި މެޗުގައި 3-1ގެ ނަތީޖާއަކުން ފައިނަލްގެ ޖާގަ ކަށަވަރުކުރީ ނައިވާދޫއެވެ. މިއީ އެ ޓީމް ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ހަަމައެއާއެކު، އެ ޓީމަށް ވަނީ އަތޮޅު ޗެމްޕިއަންކަމާއި ޒޯން 1 ގެ ޗެމްޕިއަންކަންވެސް ލިބިފައެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައިވާދޫ ޓީމުގެ ޖާރޒީ ނަންބަރ 98، އަހްމަދު ހަމީދެވެ.
ސެމީ ފައިނަލުގެ ދެވަނަ މެދުގައި ގދ. ވާދޫއާ ކުރިމަތިލައި، ކ.ކާށިދޫ އިން ވަނީ 4-2ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފަ އެވެ. މިއީ ކާށިދޫއިން ވެސް ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ ހޫނު ގަދަ މި މެޗުގެ ފަހު މިނެޓުގައި ވާދޫގެ ނައްޓުއަށް ރަތް ކާޑު ދައްކައި މެޗުން ބޭރުވެސް ކުރި އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކ.ކާށިދޫގެ ޖާރޒީ ނަންބަރ 8، އަޖްލާން އަބްދުލް ހަންނާނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލް ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ރޭ، ރެެހެންދި ގްރައުންޑްސް ގައެވެ.
