އޮސްޓިއޯއާތުރައިޓިސް އަކީ ހުޅުތަކުގެ ދެމެދުގައި ހުންނަ މަޑުކަށިކޮޅު (ކާޓިލޭޖް) ހަލާކުވެ ގިރާ ބައްޔެކެވެ. މިފަދަ ބަލިތަކަކީ ދެނެގަނެ ސަމާލުވެ ތިބުން މުހިންމު ބަލިތަކެކެވެ. މިއަދުގެ ފަތިސްތަރީގައި ކުރުގޮތަކަށް މިބަލާލަނީ އޮސްޓިއޯއާތުރައިޓިސް އަށެވެ.
މިއީ ގިނަ ބައެއްގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރުވާ، އަދި ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންގެ މެދުގައި އާންމުކޮށް ފެންނަ ބައްޔެކެވެ.
ބަލީގެ އަލާމާތްތަކާއި އަސަރުކުރާ ތަންތަން: މިބަލި އާންމުކޮށް ޖެހެނީ އަތްތިލައިގެ ހުޅުތަކާއި، ޅިނދުހުޅު، މައިބަދަ އަދި ކަކުލު ހުޅަށެވެ. މިބައްޔަށް ޖެހުމުން ހުޅުގައި ރިހުމާއި، ހުޅުހަރުއެރުމާއި، ހުޅުދުޅަވުން ކުރިމަތިވެއެވެ. ދުވަސްވަމުންދާއިރު ކަށިތަކުގެ ހާލަތު ގޯސްވަމުންދެއެވެ. މީގެ ސަބަބުން ދުވަހުން ދުވަހަށް ކުރަންޖެހޭ އާދައިގެ މަސައްކަތްތައް ކުރުމަށްވެސް ދަތިވެއެވެ.

އޮސްޓިއޯއާތުރައިޓިސް؛ ގިނަ ބައެއްގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރުވާ، އަދި ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންގެ މެދުގައި އާންމުކޮށް ފެންނަ ބައްޔެކެވެ./ ފޮޓޯ: ފަސްޓްހެލްތުޗޮއިސް
ބަލި ޖެހުމަށް މަގުފަހިވާ ސަބަބުތައް: މިބައްޔަށް މަގުފަހިވާ ގިނަ ސަބަބުތަކެއް ވެއެވެ. އޭގެ ތެރޭގައި ހުޅަށް ލިބޭ އަނިޔާތައް، ގިނައިރު ކޮޅަށްހުރުން، ބަރުތަކެތި އުފުލުން، ހަށިގަނޑު ބަރުހެލިވުން، ހަކުރުބަލި އަދި އެހެނިހެން މެޓަބޮލިކް ބަލިތައް ހިމެނެއެވެ. މީގެ އިތުރުން، އުފަންވާއިރު ހުޅު ނުވަތަ މަޑުކަށިކޮޅު ރަނގަޅަށް އުފެދިފައި ނުހުރުމާއި، ވިރާސީ ގޮތުން ހުންނަ މައްސަލަތަކުގެ ސަބަބުންވެސް މިބަލި ޖެހިދާނެއެވެ.
ބަލި ޖެހުމުގެ ރިސްކް އިތުރުވާ ފަރާތްތައް: އުމުރުން މަތިވަމުންދާ ވަރަކަށް މިބަލި ޖެހުމުގެ ފުރުސަތު އިތުރުވެއެވެ. ފިރިހެނުންނަށްވުރެ އަންހެނުންނަށް، ޚާއްޞަކޮށް 50 އަހަރުން މަތީ އުމުރުފުރާގައި މިބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. އަދި އާއިލާގައި އޮސްޓިއޯއާތުރައިޓިސްގެ މައްސަލަ ހުރުމަކީވެސް މިބަލި ޖެހުމުގެ ފުރުސަތު އިތުރުވާ ކަމެކެވެ.

އޮސްޓިއޯއާތުރައިޓިސް؛ ގިނަ ބައެއްގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރުވާ، އަދި ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންގެ މެދުގައި އާންމުކޮށް ފެންނަ ބައްޔެކެވެ./ ފޮޓޯ: ފަސްޓްހެލްތުޗޮއިސް

އޮސްޓިއޯއާތުރައިޓިސް؛ ގިނަ ބައެއްގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރުވާ، އަދި ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންގެ މެދުގައި އާންމުކޮށް ފެންނަ ބައްޔެކެވެ./ ފޮޓޯ: ފަސްޓްހެލްތުޗޮއިސް
ފަރުވާއާއި ރައްކާތެރިވުން: މިބައްޔަކީ މުޅިން ފަސޭހަކުރެވޭނެ ބައްޔެއް ނޫނެވެ. ނަމަވެސް، އެކަށީގެންވާ ފަރުވާއާއި އަޅާލުން ލިބިއްޖެނަމަ، ބަލީގެ އަލާމާތްތައް ކޮންޓްރޯލް ކުރެވިދާނެއެވެ. މީގެ ތެރޭގައި ހަށިގަނޑުގެ ޖިސްމާނީ ހަރަކާތްތެރިކަން އިތުރުކުރުމާއި، ބަރުދަން ބެލެހެއްޓުމާއި، މަސްތައް ވަރުގަދަކުރުމަށް ކުރެވޭ ކަސްރަތުތައް ހިމެނެއެވެ. އަދި ޑޮކްޓަރުގެ ލަފާގެ މަތިން ބޭނުންކުރެވޭ ބޭސްތަކުން ރިހުން ކޮންޓްރޯލް ކުރެވިދާނެއެވެ.

