މިއަދު ހެނދުނު އަމީނީ މަގު ގާކޮށި ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލްނުވެ އެކްސިޑެންޓްވެ، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އެތައް އުޅަނދަކަށް ގެއްލުންވެއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެމުން ބުނީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 7:50 ހާއިރު ކަމަށެވެ. އެ ވަގުތު އަމީނީ މަގު ގާކޮށި ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލްނުވެ ގޮސް އެކްސިޑެންޓްވި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރެވުނެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓްގައި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި 6 ސައިކަލަކާއި އިތުރު ކާރަކަށް ގެއްލުންވެއިވާ ކަމަށާއި މައްސަލައިގެ ތަޙުޤީޤު ކުރަމުންަ
ދައުލަތުގެމީޑއާަގެ ނޫސްވެރިން ހާދިސާ ހިނގި ތަނަށް ޒިޔާރަތްކޮށް ބެލިބެލުމުން، އެކްސިޑެންޓްވި ކާރަށާއި އެ ސަރަހައްދުގައި ހުރި ސައިކަލުތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވުނެވެ. އެކްސިޑެންޓްވި ކާރުގެ ކުރީ ސީޓުގެ ޕަސެންޖަރު އިންނަ ފަރާތުގެ ލޯގަނޑު އެއްކޮށް ތަޅައިގެން ގޮސްފައިވާއިރު، ކާރުގެ ކުރީ ބަފަރު ވަނީ ނެއްޓިފައެވެ. މީގެ އިތުރުން، ކައިރީގައި ޕާކުކޮށްފައި ހުރި ބައެއް ސައިކަލުތަކުގެ އެކި ބައިތައް ނެއްޓި، ބޮޑެތި ގެއްލުންތަކެއް ވެފައިވާކަންވެސް ފާހަގަކުރެވުނެވެ

