ރ. އުނގޫފާރުގައި ހުންނަ އެ އަތޮޅު ކައުންސިލްގެ އިދާރާއަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ދެ މީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ މީހުންނަކީ އުނގޫފާރު، ރިވެލިގެ، މުހައްމަދު އަމްޖަދު (61 އަހަރު) އާއި ނަސީމީ ހިޔާ، މުހައްމަދު ވަހީދު (67 އަހަރު) އެވެ.
ފުލުހުންގެ މަޢުލޫމާތު ދޭ ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިދިދަށުން މިދިޔަ ހުކުރު ދުވަހުއެވެ. އަދި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމާފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ އިތުރު ތަޙްޤީޤުތައް ކުރިއަށް ގެންދަމުންނެވެ. އަދި މި ހާދިސާއާ ގުޅުން ހުރި އިތުރު މަޢުލޫމާތު ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މި ހާދިސާ ހިނގިތާ މަދު ދުވަސްކޮޅެއްގެ ކުރިން، މިދިޔަ ބުރާސްފަތި ދުވަހު، ހދ. ކުޅުދުއްފުށީގައިވެސް ސިހުރުގެ މައްސަލައަކާ ގުޅިގެން ބޮޑު އޮޕަރޭޝަނެއް ފުލުހުން ވަނީ ހިންގާފައެވެ. އެ އޮޕަރޭޝަނުގައި 10 ގެއެއް ބަލައި ފާސްކޮށް، 8 ގެއަކުން ސިހުރު ހަދާ ސާމާނު ހޯދާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ސިހުރު ހެދުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް މަނާ ކުރެވިފައިވާ ކަމެކެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނުގައި ވެސް މިއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޢަމަލެކެވެ.
ފުލުހުން ދަނީ މި މައްސައިގެ ތަހުގީގު ކުރަމުންނެވެ.

