މާލެ ހިޔާ ކައިރީގައި އޮތް ޕިކަޕެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި މާލެ ހިޔާ ކައިރީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގައި އަލިފާން ރޯވެ އަދަމުންދާކަމުގެ މައުލޫމަތު ލިބުނީ މިރޭ 8:49 އެހާކަންހާއިރު ކަމަށާއި އެ މައުލޫމާތު ލިބުމާއެކު ފަޔާ އެންޑް ރެސްކިއު ޓީމުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވާފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާގައި ޕިކަޕަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވީނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. މިހާދިސާ ހިގަން މެދުވެރިވި ސަބަބެއް އަދި ނޭގެއެވެ.

