ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އެއް މިލިއަން ގަސް އިންދުމަށް ނިންމައި، ޕްލެޖްގައި ސޮއިކޮށްފިއެވެ
ކުޑަގިރި ހުޅުވިތާ 2 އަހަރުވީ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި، އެއް މިލިއަން ގަސް އިންދުމުގެ ޕްލެޖްގައި ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރމުހައްމަދު މައުރޫފް ޖަމީލެވެ.
5 މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކޮށްލެވޭއިރު،މިއީ މި ޕްރޮގްރާމުގައި އެޗްޑީސީ އިން ބައިވެރިވާ ބައިވެރިވުން ފާހަގަކޮށް ސޮއި ކުރެވުނު ޕްލެޖްއެކެވެ.
ހަމައެއާއެކު، މި ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމަށްޓަކައިލ. ގަމުގައި އެއްލައްކަ އަކަފޫޓުގެ ނާސަރީއެއް ގާއިމްކުރުމަށްވެސް އެޗްޑީސީއިން ނިންމާފައިވާއިރު، ހުޅުމާލޭ، ރަސްމާލެ، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅުގައި އިންދާ ގަސްތައް ހެއްދުމަށްވެސްމި ނާސަރީ ބޭނުންކުރާނެ ކަމަށް އެޗްޑީސީއިން މައުލޫމާތުދެއެވެ.
މި ގަސް އިންދުމުގެ ޕްރޮގްރާމަކީ އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތައް ފެހިކުރުމާއި ރައީސް ޑރ. މުއިއްޒު އިއުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގައި ބައިވެރިވެ، އެ މަސައްކަތަށް އެޗްޑީސީން އެއްބާރުލުން ދީ، ބައިވެރިވުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މައުރޫފް ޖަލީލް ވިދާޅުވިއެވެ.

