ވަގަށް އަނބު ބިންނަން އަނބު ގަހަކަށް އަަރައި އޮތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މައުލޫމާތު ލިބޭގޮތުގައި އެމީހާ ވައްކަންކުރަން އުޅުނީ އެމްއެންޔޫ (މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ) ގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސް އިމާރާތުގެ އަނބު ގަހަކުންނެވެ.
ފުލުހުން ވަނީ އެވަގުތު ސީންގައި ހަރަކާތްތެރިވެ، އަނބު ގަހަށް އަރައި އޮތް މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

