ވިލާތު ކުންނާރަކީ ޒަމާނުއްސުރެ އިންސާނުންގެ ޞިއްޙަތަށް ފައިދާހުރި މޭވާއެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ މޭވާއެކެވެ. މި މޭވާގައި އެކުލެވޭ ގިނަގުނަ ފައިދާތަކުގެ ސަބަބުން، މިއަދު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބޮޑަށް މި މޭވާ ބޭނުންކުރެވެއެވެ.
މިއީ ބިޔަ ގަހެއްގައި އަޅާ ކުދިކޮށް ހުންނަ، ހުތް ފޮނި މޭވާގެ ތަފާތު ވަފާތު ވައްތަރުތައް ހުންނަކަން ފާހަގަ ކުރެވެއެވެ. ހާކުރު، ލޮނު، އަދި މިރުހާ އެއްކޮށްގެން ކުންނާރު މަޖާ ހަދައިގެން ވެސް ކައިއުޅޭ މި މޭވާއިން ލިބޭ ޞިއްޙީ ފައިދާތަކަކީ ވަރަށް ގިނަގުނަ ފައިދާތަކެކެވެ. މިއަދުގެ ފަތިސްތަރީގައި ބަލާލާނީ ކުންނާރުން ލިބޭ މުހިންމު ބައެއް ފައިދާތަކަށެވެ. މައްޗަށެވެ. ހާއްސަކޮށް ހަށިގަނޑުގެ ދިފާޢީ ބާރު ވަރުގަދަ ކުރުމާއި، ނިދިނައުމުގެ މައްސަލަތައް ޙައްލުކުރުމުގައި ކުންނާރުގެ ދައުރު ބޮޑެވެ. މިއީ ވިލާތު ކުންނާރު ކަމުގައި ވިޔަސް އަދި ކުންނާރު ކަމުގައި ވިޔަސްމެއެވެ.
ވިލާތު ކުންނާރުގެ މުއްސަނދިކަން: ކުންނާރަކީ ވިޓަމިންތަކާއި މަޢުދަންތަކުން ފުރިގެންވާ މޭވާއެކެވެ. މީގެ ތެރޭގައި ޕޮޓޭސިއަމް، ވިޓަމިން ސީ، އަދި އެހެނިހެން މުހިންމު މަޢުދަންތައް ހިމެނެއެވެ. މީގެ އިތުރުން، 18-24 އާ ދެމެދުގެ އެމިނޯ އެސިޑްތައް އެކުލެވިގެންވާ މި މޭވާއަކީ ހަށިގަނޑަށް ބޭނުންވާ ޕްރޮޓީންތައް އުފެއްދުމަށް އެހީތެރިވެދޭ މޭވާއެކެވެ.
ދިފާޢީ ބާރު ވަރުގަދަކުރުން: ވިލާތު ކުންނާރުގައި އެކުލެވޭ އެންޓި އޮކްސިޑެންޓްތަކާއި ޚާއްޞަ މާއްދާތަކުގެ ސަބަބުން، ހަށިގަނޑުގެ ދިފާޢީ ބާރު ވަރުގަދަކޮށްދެއެވެ. މި މާއްދާތަކުގެ ސަބަބުން ތަފާތު ބާވަތްތަކުގެ ކެންސަރުތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. ޚާއްޞަކޮށް ފުރަމޭގެ ކެންސަރު، ގޮހޮރުގެ ކެންސަރު، އުރަމަތީގެ ކެންސަރު، އަދި ޕްރޮސްޓޭޓް ކެންސަރުން ރައްކާތެރިވުމަށް މަގުފަހިކޮށްދެއެވެ. ވިލާތު ކުންނާރުގައި ހުންނަ "ބެޓޫލިނިކް އެސިޑް" އަކީ ކެންސަރުގެ ސެލްތައް މަރާލުމަށް އެހީތެރިވާ މާއްދާއެކެވެ.
ހަށިގަނޑުގެ ދިފާޢީ ބާރު ވަރުގަދަ ކުރުމަކީ ޞިއްޙަތެއް ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ. ވިލާތު ކުންނާރުގައި ހިމެނޭ ފައިޓޯކެމިކަލްތަކާއި ވިޓަމިން ސީގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ބާރު ރަނގަޅުކޮށްދެއެވެ. މިގޮތުން، ކުންނާރު ކެއުމުން:
- ފާރުގަނޑު ފަސޭހަވުން އަވަސްވެއެވެ.
- ރާއްޖެބައްޔާއި އެހެނިހެން ހުޅުތައް ދުޅަވުމުގެ ބަލިތަކުން ކުރިމަތިވާ އުނދަގޫތައް ލުއިކޮށްދެއެވެ.
- ބެކްޓީރިއާ އާއި ވައިރަސްތަކާ ދެކޮޅަށް ހަށިގަނޑު ވަރުގަދަ ކޮށްދެއެވެ.

ވިލާތު ކުންނާރަކީ ޞިއްޙަތަށް ފައިދާހުރި މޭވާއެއްގެ ގޮތުގައި، ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ މޭވާއެއް/ ފޮޓޯ:މާމެލާމެލި
ނިދިނައުމުގެ މައްސަލަތަކަށް ޙައްލެއް: އަދުގެ ބިޒީ ދިރިއުޅުމުގައި، ގިނަ މީހުންނަށް ދިމާވާ އެއް މައްސަލައަކީ ނިދިނައުމުގެ މައްސަލައެވެ. ވިލާތު ކުންނާރުގައި ހުންނަ "ލިނޯލެނިކް އެސިޑް" އަދި "ލިނޯލެއިކް އެސިޑް" ފަދަ މާއްދާތަކުގެ ސަބަބުން ނިދިނައުމުގެ މައްސަލަތައް ޙައްލުކުރުމަށް އެހީތެރިވެދެއެވެ. މިގޮތުން:
- ސިކުނޑިއާއި ނާރުތަކުގެ ނިޒާމް ރައްކާތެރިކޮށްދެއެވެ.
- ހާސްވުމާއި ކަންބޮޑުވުން ފިލުވައިދެއެވެ.
- މޫޑު ހަމައަކަށް އަޅުވައިދެއެވެ.
- ނިދުމަށް އެހީތެރިވެދެއެވެ.
- ރުޅިއާއި ނުތަނަވަސްކަން ކުޑަކޮށްދެއެވެ.
މި މާއްދާތަކުގެ ސަބަބުން ސިކުނޑީގެ މަސައްކަތް ހަމަޖެހި، ނިދުމަށް ފަސޭހަވެއެވެ. އަދި ނިދިން ހޭލާއިރު ތާޒާކަމާއެކު ހޭލެވެއެވެ.
ހަޖަމުކުރުމާއި ހިތުގެ ދުޅަހެޔޮކަން: ކުންނާރުގައި އެކުލެވޭ ޚާއްޞަ އެސިޑްތަކުގެ ސަބަބުން ހަޖަމުކުރުމުގެ މައްސަލަތަކަށް ލުއިކަން ގެނެސްދެއެވެ. އަދި ހިތުގެ ދުޅަހެޔޮކަމަށާއި ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް ވެސް މަގުފަހިކޮށްދެއެވެ. މީގެ އިތުރުން ބަނޑުގެ ރިހުން ލުއިކޮށްދީ، ހިތާއި ލޭހޮޅިތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ.
ވިޓަމިންތަކާއި މަޢުދަންތައް: ވިލާތު ކުންނާރުގައި ވަރަށް ގިނަ މަޢުދަންތަކާއި ވިޓަމިންތައް ހުރެއެވެ. މީގެ ތެރޭގައި ޕޮޓޭސިއަމް، ފޮސްފަރަސް، މެންގަނީޒް، ސޯޑިއަމް، ޒިންކު، ދަނގަޑު، ކޮޕަރ، އަދި ކެލްސިއަމް ހިމެނެއެވެ. އަދި ވިޓަމިން ސީ، ރައިބޯފްލެވިން، އަދި ތިއެމިން ފަދަ ވިޓަމިންތައް ވެސް ހިމެނެއެވެ.
ހަކަތައާއި ބާރު: ވިލާތު ކުންނާރުގައި އެކުލެވޭ ގުލްކޯޒް އަދި ފްރަކްޓޯޒް ފަދަ މާއްދާތަކުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ހަކަތައާއި ބާރު ލިބިދެއެވެ. މި މާއްދާތަކަކީ ހަށިގަނޑުގެ ގިނަ މަސައްކަތްތަކަށް ބޭނުންވާ މުހިންމު މާއްދާތަކެކެވެ.
ހަޖަމުކުރުމުގެ މައްސަލަތައް: ވިލާތު ކުންނާރަކީ ފަސޭހައިން ހަޖަމުކުރެވޭ މޭވާއެކެވެ. މީގެ އިތުރުން މޭނުބައިކުރުމާއި ހޮނޑުލުން ލުއިކޮށްދެއެވެ. އަދި ބަނޑުގައި ރިހުން ލުއިކުރެއެވެ.
ލޭ ސާފުކުރުން: ވިލާތު ކުންނާރުގައި ހިމެނޭ "ސެޕޯނިން"، "އެލްކަލޮއިޑް" އަދި "ޓްރައިޓަރޕެނޮއިޑް" ފަދަ މާއްދާތަކުގެ ސަބަބުން ލޭ ސާފުކޮށްދެއެވެ.
ވިލާތު ކުންނާރަކީ ހަށިގަނޑުގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު މޭވާއެކެވެ. މި މޭވާގެ ބޭނުން ޤަވާޢިދުން ކުރުމުން، ހަށިގަނޑުގެ ދިފާޢީ ބާރު ވަރުގަދަވެ، ނިދިނައުމުގެ މައްސަލަތަކަށް ޙައްލު ލިބި، އަދި އެހެނިހެން ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ.

