ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އޭޕްރީލް 7 ވަނަ ދުވަހު ފަށާ ގޮތަށް އެކަޑެމިކް ކަލަންޑަރުގައި ހިމަނާ، ކަލެންޑަރ ނެރެފިއެވެ.
ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގައެވެ. ދެވަނަ ޓާމު ފަށާނީ އޮގަސްޓު 10 ގައެވެ. އަދި މި އަހަރުގެ ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28 ގައެވެ.
ދިރާސީ އާ އަހަރުގެ ފެށުން އޮގަސްޓް މަހަށް ބަދަލުކުރެވުނީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެންނެވެ.
ދިރާސީ އަހަރު ފަށާ ދުވަސްވަރު ކުރިން އޮތް ގޮތަށް ޖެނުއަރީ މަހަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިންގެ ތެރޭގައި ވީ ވައުދުފުޅަކަށްވީއިރު، އަންނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރު ޖެނުއަރީގައި ފަށާގޮތަށް ބަދަލުކުރުމަށް މިހާރު ވަނިީ ނިންމާފައެވެ.

