ސަރުކާރުން ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުންފަދަ މަސައްކަތްތަކުގައި ބައިވެރިވެ، ކަރަންޓު އިގުތިސޯދު ކުރުމަށާއި ކޮށްފިނަމަ ބިލު ކުޑަކޮށްލެވޭނެ ކަމަށް، ސްޓެލްކޯގެ އެމްޑީ ހުސެން ފަހުމީ ވިދާޅުވެއްޖެ އެވެ،
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެފައިވަނީ، މާލެ ސަރަހައްދުގައި ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް، ކަރަންޓުގެ ޔަޤީންކަން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. މިހެން ވިދާޅުވީ މިއަހަރުގެ ރަމަޟާންމަހު އިތުރުވާ ކަރަންޓް ކެޕޭސިޓީއާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ހުޅުމާލޭގައި އިތުރު ޖަނަރޭޓަރތަކެއް އިންސްޓޯލްކުރުމުގެ މަސައްކަތް ބައްލަވައިލެއްވުމަށްފަހުއެވެ.
ވަޒީރު އަމީން ވިދާޅުވީ، ރަމަޟާން މަހަކީ އެހެން މަސްތަކާ އަޅާބަލާއިރު ކަރަންޓުގެ ޑިމާންޑު ބޮޑުވާ މަހެއް ކަމަށާއި، މިމަހަށް ސްޓެލްކޯއިން ކޮންމެ އަހަރަކުވެސް ގިނަ ތައްޔާރީތަކެއް ވާ ކަމަށެވެ. އ ކަމަށެވެ. އަދި މިހާތަނަށް ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މަސައްކަތްކުރެވިފައި ނުވާ ކަމަށާއި، މާލެ ސަރަހައްދުގެ އާބާދީ އިތުރުވަމުންދާއިރު، ކަރަންޓަށް އޮންނަ ޑިމާންޑު ބޮޑުވަމުންދާ ކަމަށެވެ.
ސަރުކާރުން މި ނިންމެވި ނިންމެވުމާއި ރައީސް މުޢިއްޒު އިބްރާހީމް މިކަމަށް ދެއްވާ އިސްކަމާއެކު، ރަމަޟާން މަހަށް ކަރަންޓުގެ މައްސަލަ ހައްލުވެގެން ދާނެކަމަށް ސްޓެލްކޯއިން ޔަގީންކަން ދީފައިވާ ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވަނީ އާއްމުން ކަރަންޓް އިޤްތިސާދުކުރުމަށް އިލްތިމާސްކުރައްވާފައެވެ. “އަޅުގަނޑުގެ އިލްތިމާސްއަކީ މިކުރާ މަސައްކަތުގައި ބައިވެރިވެ ކަރަންޓު އިގްތިސޯދު ކުރައްވާށޭ. ކަރަންޓު އިގްތިސޯދު ކުރައްވައިފި ނަމަ ބިލް ކުޑަކޮށްލެވޭނެ” ފަހުމީ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ރަމަޟާންމަހު ޕީކްގައި 114 މެގަވޯޓަށް ކަރަންޓް ބޭނުންކޮށްފައިވާއިރު، މިއަހަރު އަންދާޒާކުރަނީ ޕީކް ގަޑިތަކުގައި 132 މެގަވޯޓަށް ކަރަންޓް ބޭނުންކުރާ މިންވަރު އަރައިގެންދާނެ ކަމަށެވެ. މިއީ 17 މެގަވޮޓްގެ އިތުރުވުމެކެވެ. މިހާރު ސްޓެލްކޯއިން ދަނީ ހުޅުމާލޭގައި 17 މެގަވޮޓްގެ 12 ޖަނަރޭޓަ ބެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ.

