ރައީސް ޑރ. މުހައްމަދު މުއިއްޒު ދ. އަތޮޅުގެ މީދޫއަށް މިއަދު ހަވީރު ވަޑައިގަތުމުން، އެރަށު ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
ރައީސް ޑރ މުއިއްޒު އެރަށަށް ޒިޔާރަތްކުރެއްވުމުން، ގިނަ އަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދަށް ނުކުމެ، ރަތް ދޫލައިގެ މަރުހަބާއެއް ދެންނެވިއެވެ.
މީދޫއަކީ ވެރިކަންކުރާ ޕީއެންސީގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭއަށް ތާއީދުކުރާ ގިނަ ބަޔަކު ދިރިއުޅޭ ރަށެކެވެ.
އެ ދާއިރާގެ މެންބަރަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދެވެ. ނަމަވެސް، ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ސިޔާމް ބައިވެރިވެ ވަޑައިނުގަންނަވައެވެ

