ލާމުގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކަށް އެންދެރި މަޝްރޫޢުން ތައްޔާރުކުރަމުންދާ މެނޭޖްމަންޓް ޕްލޭންތަކުގެ ތެރެއިން މާބައިދޫ އަދި ހިތަދޫގި ހިތަދޫގެ ޕްލޭންތަކަށް އެ ރަށްތަކުގެ ކައުންސިލާއި އެހެނިހެން މަސްލަހަތުވެރިންގެ ރުހުން ހޯދުމަށް ބައްދަލުވުންތަކެއް އިއްޔެއާއި މިއަދު ބާއްވައިފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން މަޢުލޫމާތު ދެއްވިގޮތުގައި، މި ބައްދަލުވުންތަކުގައި އެންދެރި މަޝްރޫޢުގެ ދަށުން ތައްޔާރުކުރެވޭ މެނޭޖްމަންޓް ޕްލޭންތަކުގެ މުހިންމުކަމާއި، އޭގެ ސަބަބުން ރަށްތަކަށް ލިބޭނެ ފައިދާތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
މާބައިދޫގެ ބައްދަލުވުން ބޭއްވުނީ 23 ފެބުރުއަރީ 2025 ގައި މާބައިދޫ ކައުންސިލް އިދާރާގައެވެ. އަދި ހިތަދޫގެ ބައްދަލުވުން ބޭއްވުނީ (24 ފެބުރުއަރީ 2025) ގައި ހިތަދޫ ކައުންސިލް އިދާރާގައެވެ. މި ދެ ބައްދަލުވުމުގައިވެސް އެ ރަށްތަކުގެ ކައުންސިލަރުންނާއި، ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނާއި، އަދި އާންމު ރައްޔިތުން ބައިވެރިވިއެވެ.
އެންދެރި މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޕްލޭންތަކަކީ ލާމުގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ވަރަށް މުހިންމު ވަސީލަތެކެވެ. މި ޕްލޭންތަކުގެ ސަބަބުން ރަށްތަކުގެ ތިމާވެށި ރައްކާތެރިކުރުމާއެކު، އިޤްތިޞާދީ ގޮތުން ރަށްތަކަށް ފައިދާވާނެ ގޮތްތައް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.”
މި މަޝްރޫޢުގެ ދަށުން ތައްޔާރުކުރެވޭ މެނޭޖްމަންޓް ޕްލޭންތަކަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެއްކަން ފާހަގަކުރެވެއެވެ. މި ޕްލޭންތަކުގެ ސަބަބުން ރާއްޖޭގެ ދިރޭތަކެތީގެ ނަސްލުތަކާއި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

