މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް ބޭނުންވާ ޖަލު އޮފިސަރުން ހޯދުމަށް އިއުލާނުކޮށްފިއެެވެ.
ކަރެކްޝަންސްއިން މިއަދު އިއުލާނުކޮށްފައިވާއިރު، އެ މީހުން މަސައްކަތް ކުރަން ޖެހެނީ މާފުށި ޖަލު / އައްސޭރި ޖަލު / ހުޅުމާލެ ޖަލު ގައި ކަަމަށް އެ އިއުލާނުގައި ވެއެވެ.
ޕްރިޒަންސް އޮފިސަރުންގެ ގޮތުގައި ނަގާނީ ޕްރިޒަން އޮފިސަރ ޓްރޭނީއެވެ.
ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ހޮވުމުގައި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ދުޅަހެޔޮކަމާއި ހަށިހެޔޮކަން ދެނެގަތުމަށް ފިޒިކަލް ފިޓްނަސް އަދި ފެތުމުގެ ޓެސްޓުން ފާސްވުމާއި، ދެވޭ މެޑިކަލް އެގްޒަމިނޭޝަންގެ އިތުރުން ކުރެވޭ އިންޓަރވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން ވަޒީފާގައި އިސްކަން ދެވޭ ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.
މި ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު މާރޗް 24 ވާ ހޯމަ ދުވަހުގެ 18:00 ގެ ކުރިން އަށް humanresource.mcs@gmail.com އަށް ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކައުންޓަރަށް ފޯމް ހުށަހެޅުމަށް އެ އިދާރާއިން އެދިފައި ވެއެވެ.

