މަޝްހޫރު ސިޓްކޮމް "ފްރެންޑްސް" ގައި ލީޑް ރޯލަކުން ފެނިގެންދިޔަ، މީގެ ދެ އަހަރެއްހާ ދުވަސް ކުރިން މަރުވި ހޮލީވުޑްގެ ތަރި، މެތިއު ޕެރީއާ ޑޮކިއުމަންޓަރީއެއް ސްޓްރީމްކޮށްފިއެވެ.
"މެތިއު ޕެތީ. އަ ހޮލީވުޑް ޓްރެޖެޑީ" ގެ ނަމުގައި އުފައްދާފައިވާ މި ޑޮކިއުމެންޓަރީގައި މެތިއުގެ ކުއްލި މަރާއި އެ މަރާ ގުޅިގެން އުފެދުނު އެތަކެއ ސުވާލުތަކެއް ހިމެނޭއިރު، 54 އަހަރުގެ މެތިއު މަރުވެފައި އޮއްވާ ފެނުނީ އޭނަ ލޮސް އެންޖަލިސްގައި ދިރިއުޅެމުން ގެންދިޔަ ގޭގެ ހޮޓް ޓަބްއެއްގެ ތެރެއިން އޮކްޓޯބަރު 28، 2023 ގައެވެ. އޭނަގެ ކެރިއަރުގެ ބައެެއް އުސްއަލިތައް ވެސް ކިޔައި ދޭނެ އެވެ. އޭނާގެ މަރާއި ގުޅިގެން ފަސް މީހަކު ހައްޔަރުކޮށް ދައުވާ ވެސް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
މި ޑޮކިއުމެންޓަރީގައި އޭނަގެ ކެރިއަރުގެ އުސްއަލިތައް ވެސް ހިމަނާފައިވާއިރު، "ފްރެންޑްސް" ގައި އޭނާ ކުޅުނު ކޮމެޑީ ރޯލް ޗޭންޑްލާ ބިންގްގެ ރޯލުން އާންމުންގެ ތެރޭގައި އޭނާއަށް ބޮޑު މަގްބޫލުކަމެއް ލިބިގެންދިޔައެވެ.
މެތިއު އެންމެ ފަހުން ކުޅުނު ފިލްމަކީ 2015 ގައި ނެރުނު ފިލްމް "މިސެރީ ލަވްސް ކޮމެޑީ" އެވެ.

