އޯޓްސް؛ ސިއްޙަތަށް ފައިދާހުރި ކާނާއެއް: ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް ކެއުމުގައި ހިމަނަންޖެހޭ އެންމެ މުހިންމު އެއް ކާނާއަކީ އޯޓްސްއެވެ. އޯޓްސްއަކީ ހޯލް ގްރެއިންގެ ތެރެއިން ހަށިގަނޑަށް އެންމެ ފައިދާހުރި އެއް ބާވަތް ކަމަށްވުމާއެކު، މިއީ ކޮންމެ ދުވަހަކުވެސް ކެއުމުގައި ހިމަނަން ރަނގަޅު ކާނާއެކެވެ.
އޯޓްސްގައި އެކުލެވޭ މުހިންމު މާއްދާތައް: 100 ގްރާމްގެ އޯޓްސްގައި 10 ގްރާމްގެ ފައިބަރު، 352 މިލިގްރާމްގެ ކެލްސިއަމް އަދި 359 ގްރާމްގެ ޕޮޓޭސިއަމް އެކުލެވެއެވެ. މީގެ އިތުރުން ވިޓަމިން އޭ، ޑީ، ރިބޯފްލެވިން އަދި އަޔަން ފަދަ މުހިންމު މާއްދާތައްވެސް އެކުލެވެއެވެ. މި މާއްދާތަކަކީ ހަށިގަނޑުގެ ހުރިހާ ގުނަވަންތަކެއްގެ ރަނގަޅު މަސައްކަތަށް ކޮންމެހެން ބޭނުންވާ މާއްދާތަކެކެވެ.

އޯޓްސްއަކީ ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ކުރާ، ކޮންމެ ދުވަހަކުވެސް ކެއުމުގައި ހިމަނަން ރަނގަޅު ކާނާއެކެވެ./ ފޮޓޯ:ހެލްތުލައިން
ހިތުގެ ސިއްޙަތަށް ކުރާ ފައިދާ: ހެނދުނުގެ ނާސްތާގައި އޯޓްސް ބޭނުންކުރުމުން ލޭމައްޗަށް ދިއުމުން ރައްކާތެރިވެ، ލޭ ދައުރުވާ ނިޒާމު ފަސޭހަކޮށްދެއެވެ. އަދި މީގައި ހިމެނޭ ބީޓާ-ގުލުކަން ފަދަ މާއްދާތަކަކީ ހިތުގެ ސިއްޙަތަށް ވަރަށް ރަނގަޅު އެއްޗެކެވެ. ނުރަނގަޅު ކޮލެސްޓްރޯލް ދަށްކޮށް، ރަނގަޅު ކޮލެސްޓްރޯލް ލެވެލް ބަރާބަރުކޮށްދިނުމުގައި އޯޓްސްގެ ދައުރު ވަރަށް މުހިންމެވެ.
ހަޖަމުކުރުމުގެ ނިޒާމަށް ކުރާ ފައިދާ: ގަވާއިދުން އޯޓްސް ކެއުމުން ބަނޑުގައި ރަނގަޅު ބެކްޓީރިއާ އިތުރުވެ، ހަޖަމުގެ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރިކޮށްދެއެވެ. ފައިބަރު އަދި ފައިދާހުރި ފެޓްސް ގިނަވުމުގެ ސަބަބުން ބަނޑު ފުރި، ބަނޑުހަރުވުމާއި ގޭސް އުފެދުން ފަދަ މައްސަލަތަކަށް ލުޔެއް ލިބެއެވެ.
ބަރުދަން ލުއިކުރުމަށް އެހީތެރިވުން: އޯޓްސް ކެއުމުން ގިނައިރު ބަނޑުފުރާލާތީ، ބަރުދަން ލުއިކުރުމަށް އެހީތެރިވެއެވެ. މޭވާ އަދި ޔޯގަޓް ފަދަ ތަކެތި އަޅައިގެން ރަހަ ގަދަކޮށް އޯޓްސް ތައްޔާރުކުރެވިދާނެއެވެ. މިގޮތަށް އޯޓްސް ތައްޔާރުކޮށްގެން ކައިފިނަމަ، ކެއުމުގެ ރަހަ ރަނގަޅުވެ، ގިނަ ވަގުތު ބަނޑުހައި ނުވާނެހެން ބަނޑުފުރާލަދެއެވެ.

އޯޓްސްއަކީ ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ކުރާ، ކޮންމެ ދުވަހަކުވެސް ކެއުމުގައި ހިމަނަން ރަނގަޅު ކާނާއެކެވެ./ ފޮޓޯ:ހެލްތުލައިން
އޯޓްސް ކިރުގެ ފައިދާތައް: އޯޓްސް ކިރަކީ ފަސޭހައިން ގޭގައި ތައްޔާރުކުރެވޭ، ގުދުރަތީ ގޮތުން ގްލޫޓެން ފްރީ ބުއިމެކެވެ. މިއީ ކިރުގެ ބާވަތްތަކަށް އެލަރޖީ ހުންނަ މީހުންނަށް ވަރަށް ރަނގަޅު އަދި ރައްކާތެރި ބުއިމެކެވެ. އޯޓްސްކިރު ތައްޔާރު ކުރަނީ ބްލެންޑަރަކަށް އޯޓްސް އާއި ފެން އަޅައި ގިރައިލުމަށްފަހު ފުރާނާލައިގެންނެވެ.
އޯޓްސްއަކީ ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ކުރާ، ކޮންމެ ދުވަހަކުވެސް ކެއުމުގައި ހިމަނަން ރަނގަޅު ކާނާއެކެވެ. ހިތުގެ ސިއްޙަތާއި، ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށް، ބަރުދަން ލުއިކުރުމަށް އެހީތެރިވާ މި ކާނާއަކީ ކޮންމެ ގެއެއްގައިވެސް ބޭނުންކުރަން ރަނގަޅު އެއްޗެކެވެ.

