އައްޑޫ ސިޓީގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ރޭސިން މުބާރާތުގައި ބައިވެރިވުމަށް އެ ސިޓީއަށް ދިޔަ ޒުވާނަކު މަރުވެއްޖެއެވެ.
މަރުވި ޒުވާނަކީ ގ. ނައިޓް ޑްރީމްގެ، 24 އަހަރުގެ ލީވާން އަބްދުއްސައްތާރު ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުންގެ މަޢުލޫމާތު ދިނުމުގައި ބުނެފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު އައްޑޫ ސިޓީ ބްރިޖްގައެވެ. އެކްސިޑެންޓް ހިނގި ގޮތާ ބެހޭ ގޮތުން ފުލުހުން ބުނީ، “މިހާތަނަށް އެނގިފައިވާގޮތުގައި މި އެކްސިޑެންޓް ހިނގާފަވަނީ ސައިކަލު ބާރު ސްޕީޑްގައި، މަރަދޫއިން ހިތަދޫ ކޮޅަށް ދުއްވާފައި ގޮސް ބްރިޖް ބެންޑް ހިސާބުން ސައިކަލު ކޮންޓްރޯލު ނުވެ ގޮސް ބްރިޖްގެ ފެންސްގައި ޖެހި،” ކަމަށެވެ.
މަރުވި ޒުވާނާއަކީ އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ރޭސިން މުބާރާތުގައި ބައިވެރިވުމަށް އެ ސިޓީއަށް ދަތުރުކޮށްފައިވާ ފަރާތެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

