މަސްތުވާތަކެތީގެ މައްސަލައެއްގައި 31 އަހަރުގެ ޒުވާން އަންހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ރަތަފަންދޫ ނޫމާގެ ސަަފާ އަހްމަދު 31އ އެވެ.
ސަފާ އަހްމަދު ހައްޔަރުކުރެވިފައިވަނީ މި މަހުގެ 24 ވަނަ ދުވަހު 8:40 ހާއިރު މަސްތުވާތަކެތި ބޭނުންކޮށްގެން ހުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ސަފާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 30 ދުވަސް ޖަހަން އަމުރުކޮށްފައިވާ ކަަމަށެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެެވެ.

