މާލޭގެ ރޯޝަނީ މަގު ހިމެނޭ ސަރަހައްދުން މާދަމާ (27 ފެބުރުވަރީ 2025) ވާ ބުރާސްފަތި ދުވަހު ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ސްޓެލްކޯ އިން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް މާލެ ސިޓީ، ރޯޝަނީ މަގު ހިމެނޭ ސަރަޙައްދުން މާދަމާ ކަރަންޓު ކެނޑިދާނެއެވެ. އަދި ކަރަންޓު ކެނޑޭނެ ކަމަށް ބެލެވެނީ މާދަމާ މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަމަށް ވެސް ސްޓެލްކޯ އިން ބުނެފައިވެއެވެ.

ކަރަންޓު ކެނޑޭނެ ކަމަށް ބެލެވޭ ސަރަހައްދު: ފޮޓޯ/ސްޓެލްކޯ
ސްޓެލްކޯ އިން ވަނީ މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.

