ވ އަތޮޅުން ފެށިގެން ލ އަތޮޅަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.
މިއަދު އިރުއޮއްސި 18:00 އިން ފެށިގެން މިރޭ 22:30 އަށް މެޓުން ރީނދޫ ސަމާލު ނެެރެފައިވާއިރު މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ. އަދި އެވަގުތުތަކުގައި 40 މޭލަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓުން ހާމަކޮށްފައިވެއެވެ.
މޫސުން ކުރިއަށް ލަފާކޮށް މެޓުން ބުނެފައިވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ.
މެޓުން ވަނީ ބޯކޮށް ވާރޭވެހިދާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

