ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އިން ރަށުގެ އަންހެނުންނަށް ޚާއްޞަކޮށްގެން ތަރައްޤީކުރާ ހިތްފަސޭހަ މައިޒާން، "ފުއްޓަރު އުފާ" ގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.


އިވަންދޫ ފުއްޓަރު އުފާ އިފުތިތާހުކުރުން / ފޮޓޯ:ރައީސްއޮފީސް
އެ ކަމަނާ މި ހިތްފަސޭހަ މައިޒާނުގެ ބިންގާ އަޅުއްވައި ދެއްވާފައި ވަނީ މިއަދު ހަވީރު އެކަމަށްޓަކައި ހއ. އިހަވަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެ ރަށު އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ފައްޓަވައި ދެއްވައި، އެ ޚިދުމަތް ދިނުމުގެ އިންތިޒާމުތައް ބައްލަވައި ލައްވާފައެވެ.

