ރީނދުލާއި ދިރި އެއްކޮށްގެން ބޭނުންކުރުމުން ލިބޭ ގިނަގުނަ ފައިދާތައް: ޒަމާނުއްސުރެ ބޭސްވެރިކަމުގައި ބޭނުންކުރަމުން އަންނަ ރީނދުލާއި ދިރިއަކީ ހަށިގަނޑުގެ ސިއްޙަތަށް ވަރަށް ގިނަ ފައިދާތަކެއް ކުރާ ދެ މުހިންމު ބާވަތެވެ. މި ދެ ބާވަތް އެއްކޮށްލައިގެން ބޭނުން ކުރުމުން އޭގެ ފައިދާ އިތުރަށް ފެންނަކަން ދިރާސާތަކުން ވަނީ ސާބިތުކޮށްދީފައެވެ.
ހަޖަމުކުރުމުގެ ނިޒާމަށް ލިބޭ ފައިދާ: ރީނދޫ އަދި ދިރި އެއްކޮށްލައިގެން ބުއިމުން ހަޖަމުކުރުމުގެ ނިޒާމު ހަރުދަނާވެއެވެ. ގޭހުގެ މައްސަލަ ހައްލުވެ، ބަނޑުގައި ސަރުބީޖެހުމާއި ފަލަވުން ކުޑަވެ، ކާތަކެތި ހަޖަމުކުރުން ހަލުވިވެއެވެ. އަދި ގޮހޮރުގެ ސިއްޙަތު ރަނގަޅުވެއެވެ.
ބަރުދަން ލުއިކުރުމަށް އެހީތެރިވުން: ދިރި އަދި ރީނދޫ އެއްކޮށްގެން ބުއިމުން ހަށިގަނޑުގައި ހުންނަ ސަރުބީ އަންދައި، ބަރުދަން ކޮންޓްރޯލްކުރުމަށް އެހީތެރިވެދެއެވެ. ހަށިގަނޑުގެ މެޓަބޮލިޒަމް އިތުރުވެ، ބަނޑުހައިވުން ދުރުކޮށްދެއެވެ.

ރީނދުލާއި ދިރި، ސިއްޙަތަށް ވަރަށް ގިނަ ފައިދާތަކެއް ކުރޭ، ދިރާސާތަކުން ސާބިތުވެފައިވާ ކަމެއް/ ފޮޓޯ ؛ ހެލްތު ލައިން
ދިފާޢީ ނިޒާމު ވަރުގަދަކުރުން: މި ދެ ބާވަތުގައި އެކުލެވޭ އެންޓިއޮކްސިޑެންޓްސް އަދި ވިޓަމިންތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަވެއެވެ. މިއީ އެކި ބާވަތުގެ ބަލިތަކުން ރައްކާތެރިވުމަށް ލިބޭ ވަރަށް ބޮޑު އެހީއެކެވެ.ލޭ
ގެ ހަކުރު އަދި ކޮލެސްޓްރޯލް: ރީނދުލާއި ދިރި އެއްކޮށްލައިގެން ބުއިމުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ކޮންޓްރޯލްކުރެވެއެވެ. އަދި ލޭގައި ހުންނަ ނުބައި ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށް، ލޭ ދައުރުވުން ރަނގަޅުކުރެއެވެ.އެ
ނީމިއާ އާއި ލޭގެ މައްސަލަތައް: މި ދެ ބާވަތް އެއްކޮށްލައިގެން ބުއިމުން އެނީމިއާ ފަދަ ލޭގެ މައްސަލަތަކުން ރައްކާތެރިވެވެއެވެ. އަދި ލޭ އުފެއްދުމަށް އެހީތެރިވެދެއެވެ.
ގައިގެ ހަންގަނޑާއި އި އިސްތަށިގަނޑުގެ ދުޅަހެޔޮކަން: ރީނދުލާއި ދިރި އެކުލެވޭ ފެން ބުއިމުން ހަމުގެ ދުޅަހެޔޮކަން އިތުރުވެ، އިސްތަށި ބޯވެ ވަރުގަދަވެއެވެ. އަދި ހަމުގެ ވިދުވަރު އިތުރުވެ، މޫނުމަތީގައި އުފެދޭ ކުދިރޫތައް މަދުވެއެވެ.
އަންހެނުންގެ މައްސަރު ދުވަސްވަރާއި ނޭވާލުމުގެ ނިޒާމު: ދިރީގެ ސަބަބުން އަންހެނުންގެ މައްސަރު ދުވަސްވަރުގައި އަޅާ ވޭނުން ދުރުކޮށް ރިހުން ތަހައްމަލުކުރުމަށް ފަސޭހަވެއެވެ. އަދި ރީނދުލުގެ ސަބަބުން ނޭވާލުމުގެ ނިޒާމަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް، ހާސްކަން ފިލުވައިދެއެވެ.

ރީނދުލާއި ދިރި، ސިއްޙަތަށް ވަރަށް ގިނަ ފައިދާތަކެއް ކުރޭ، ދިރާސާތަކުން ސާބިތުވެފައިވާ ކަމެއް/ ފޮޓޯ ؛ ހެލްތު ލައިން
ބޭނުންކުރާނެ ގޮތް
ރީނދުލާއި ދިރި އެއްކޮށްލައިގެން ބޭނުންކުރުމަށް އެންމެ ރަނގަޅު ގޮތަކީ ފެން ކައްކާލުމަށްފަހު އޭގެ ތެރެއަށް ދިރި އާއި ކުޑަ މިންވަރެއްގެ ރީނދޫ އަޅައިގެން ބުއިމެވެ. 300 އެމްއެލް ފެނަށް 1ސަމުސާ ދިރިއަށް ބައި ސަމުސާ ރީނދޫ އެއްކޮށްލުމަށްފަހު ކައްކާލާށެވެ. ހުސްބަނޑާހުރެ މި ބުއިން ބޭނުންކުރުމުން އޭގެ އެންމެ ރަނގަޅު ނަތީޖާ ފެންނާނެއެވެ.
ސަމާލުވާންވީ ކަންތައްތައް: ނަމަވެސް، ކޮންމެ ކަމެއްވެސް މިންވަރަކަށް ކުރުން މުހިންމެވެ. މާ ގިނައިން ބޭނުންކުރުމުން ނޭދެވޭ އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ވަކި ބާވަތެއްގެ ބޭހެއް ބޭނުންކުރާ ފަރާތްތަކުން، މި މބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.

