އިކޮނޮމިކް މިނިސްޓްރީން މިއަހަރުގެ ރަމަޟާން މަހާއި ޝައްވާލު މަހުގެ ކުރީކޮޅު، ދިވެހިރާއްޖޭގެ މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ކަނޑައަޅައި، އިއުލާންކޮށްފިއެވެ.
މިނިސްޓްރީގެ އިޢުލާނުގައިވާ ގޮތުން، ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ނިޔަލަށް، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ކޮންމެ ދުވަހަކުވެސް ފަތިހު 5:30 އިން މެންދަމު 1:00 އަށެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ، “ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ މުދާ ވިއްކާ ތަންތަން މިރޭވެސް މެންދަމު 1:00 އާހަމައަށް ހުޅުވާފައި ބެހެއްޓޭނެކަމަށް އިކޮނޮމިކް މިނިސްޓްރީއިން ކަނޑައަޅުއްވައި އިޢުލާނުކޮށްފައިވާނެ. އެހެންކަމުން ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަށް ވިޔަފާރިތަކުން ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަކީ ސަރުކާރުން ނުހަނު އެދޭކަމެއް،” ކަމަށެވެ.

