ރޯދަ މަހު ފެން ބިލްތަކުން %10 ޑިސްކައުންޓް ދިނުމަށް ސަރުކާރުގެ ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ހާމަކުރައްވައިފިއެވެ.
އެމްޑަބްލިއުއެސްސީން ވިދާޅުވީ، މި އަހަރުގެ އޭޕްރިލް މަހުގެ ބިލް އާންމު މަސްމަހަށް ވުރެ ބޮޑު ނުވާނެ ގޮތެއްގެ މަތިން، އެ ކުންފުނިން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން، ކޮންމެ މަހެއްގައި ފެނާއި ކަރަންޓް ބިލުގެ މިންވަރު ކަމުގައި ބަލާނީ މިދިޔަ އަހަރުގެ ފެބްރުއަރީ، މާރޗް އަދި އޭޕްރިލް މަސް ނުހިމަނާ، އަހަރުގެ ބާކީ އޮންނަ ނުވަ މަހުގެ އެވްރޭޖް މިންވަރު ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.
އަދި ހަމައެއާއެކު، އެހެން މަސްމަހުގެ ބިލަށްވުރެ އޭޕްރިލް މަހުގެ ބިލް ބޮޑުނަމަ، އެ ބޮޑުވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި އޭޕްރިލް މަހު ފޮނުވާ ބިލުން އުނިކޮށްދެވޭނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
މި އަހަރުގެ ރަމަޟާން މަހު، ގޭބިސީތަކުގެ ކަރަންޓް ބިލަށްވެސް ޑިސްކައުންޓް ދެއްވަން ރައީސް ޑރ. މުހައްމަަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

