ޗެލްސީއަށާއި ރެއާލް މެޑްރިޑަށް ކުޅެފައިވާ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، އެޑެން ހަޒާޑް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.
ރޭގެ ވަގުތެއްގައި ހަޒާޑް ރާއްޖެ އައިއިރު، އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ރ. އަތޮޅުގައި އޮންނަ ރިސޯޓެއް ކަމުގައިވާ ޖޯލި މޯލްޑިވްސްގައެވެ.
ޗެލްސީއަށް ކުޅުނު ޖުމްލަ 352 މެޗުގައި 110 ލަނޑު ޖަހާފައިވާ ހަަޒާޑްއަކީ ޗެލްސީގެ ތާރީޙުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. ދެ ޕްރިމިއާ ލީގާއި ދެ ޔޫރޮޕާ ލީގުގެ އިތުރުން، އެފްއޭ ކަޕެއް ޗެލްސީއަށް ކާމިޔާބުކޮށްދީފައިވާ ހަޒާޑް ވަނީ 2014 އަދި 2015 ވަނަ އަހަރުގެ ސީޒަނުގެ، ޕީއެފްއޭގެ، މުޅި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އޭނާ ވަނީ ހޯދައިފައެވެ.
ރެއާލް މެޑްރިޑް އަށް ކުޅުން ހުއްޓާލައި، އަނިޔާގެ ސަބަބުން ހަޒާޑް އޭނާގެ ފުޓްބޯޅަ ކެރިއަރު ނިންމާލީ 2023 ވަނަ އަހަރުއެވެ.

