މި ރޯދަމަހު ހުޅުމާލޭގައި އެސްޓީއޯއިން ހަދަމުން ދިޔަ ސިޓީ ހޮޓާ ސައިޓުގައި ހޯލްސޭލްކޮށް މުދާ ދޫކުރާނެ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޝިމާދު މިހެން ވިދާޅުވީ “ރޯދައަށް ތައްޔާރު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
މިކަން އޭނާ ހާމަކުރެއްވީ “ރޯދައަށް ތައްޔާރު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެަމުންނެވެ.
ޝިމާދު އިތުރަށް ވިދާޅުވި ގޮތުގައި ހުޅުމާލެއަކީ އެސްޓީއޯއިން މާލޭގައި ފިހާރަ ހިންގާ އުސޫލުން ފިހާރަ ހިންގާ ތަނެއް ނޫނެވެ. އެހެންކަމުން، އެ ކުންފުނިން މަސައްކަތްކުރަނީ ހުޅުމާލޭގައި ތިބޭ ފިހާރަތަކާ ގުޅިގެން ރައްޔިތުންނަށް މުދާ ފޯރުކޮށްދޭށެވެ. މީގެ އިތުރުން، އެސްޓީއޯގެ ބްރާންޗްތައް މިހާރު ރާއްޖޭގެ 11 ރަށެއްގައި ހުރިކަމަށާއި، އެސްޓީއޯއިން އަމިއްލަ ވިޔަފާރިތަކާ ގުޅިގެން ތަކެތީގެ އަގު ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން، އިކޮނޮމިކް މިނިސްޓްރީއާ އެކު ބޭއްވުނު ބައްދަލުވުންތަކުގެ މަޝްވަރާއަށްފަހު، ރޯދަމަސް ފެށުމުގެ މާކުރިންވެސް ބައެއް ޝިޕްމަންޓްތައް ގެނެސްފައިވާކަމަށް ޝިމާދު ހާމަކުރެއްވިއެވެ. ނަމަވެސް، ކާޑުގެ ބާވަތްތައް ފިޔަވާ އެހެނިހެން ބާވަތްތައް ސީދާ މާކެޓަށް ނުނެރޭނެކަމަށާއި، ކާށި ފަދަ ބާވަތްތައް އެސްޓީއޯއިން ހޯލްސޭލްކޮށް ނުވިއްކާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އެސްޓީއޯއިން ވަނީ މާލެއާއި، އެސްޓީއޯގެ ފިހާރަތަށް ހުންނަ އަތޮޅުތަކުގެ ބައެއް ރަށްތަކުގައި ބަދިގޭ ސާމާނުތަކަށް ޚާއްސަކޮށްގެން ޕްރޮމޯޝަނެއް ބާއްވާފައެވެ. އަދި ރޯދަމަހަށް ބޭނުންވާ ކާބޯތަކެތީގެ ފުރަތަމަ ޝިޕްމެންޓް މިދިޔަމަހުގެ ކުރީކޮޅު އެސްޓީއޯއިން ވަނީ ބާޒާރަށް ނެރެފައެވެ.

