ރާއްޖޭގެ ބޮޑު ބަޔަކަށް އޮރެންޖު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން އޮރެންޖު ސަމާލު ނެރެފައިވަނީ ބ އަތޮޅުން ފެށިގެން ދ އަތޮޅަށެވެ.
މިރޭ 21:45 އިން ފެށިގެން 00:00 އަށް ސަމާލު ނެރެފައިވާއިރު މެޓުން ލަފާކޮށްފައިވަނީ މިވަގުތު ތަކުގައި އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށެވެ.
މިރޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓުން ހާމަކޮށްފައިވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުނެފައިވެއެވެ.
މެޓުން އިތުރަށް ބުނެފައިވަނީ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ.
މެޓުން ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

