މި ރަމަޟާން މަހު އިމިގްރޭޝަނުން ޚިދުމަތް ފޯރުކޮށްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
ރަމަޟާން މަހު އިމިގްރޭޝަނުން ދިނުމަށް ހަމަޖެހިފައިވަނީ ދިވެހި ޕާސްޕޯޓުގެ ޚިދުމަތާއި، ވިސާގެ ޚިދުމަތްތަކާއި، އެންފޯސްމެންޓް އެންޑް ކޮމްޕްލަޔަންސްގެ ޚިދުމަތުގެ އިތުރުން ސީޕޯޓްގެ ޚިދުމަތްކަމަށް އިމިގްރޭޝަނުން ވިދާޅުވެފައިއެވެ. އެގޮތުން، 24 ގަޑިއިރު މާލެ ސަރަހައްދުގައި އިމުގާ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓުގެ ޚިދުމަތަށް އެދި ހުށަހެޅޭނެއެވެ. ހަަމައެއާއެކު، 65 އަހަރުން މަތީގެ މީހުންނަށާއި އެމަޖެންސީ ޙާލަތްތަކުގައި ޕާސްޕޯޓް ބޭނުންވާ މީހުންނަށް އިމިގްރޭޝަނަށް ހާޒިރުވެ އަދި އޮންލައިންކޮށްވެސް ކޮންމެ ދުވަހެއްގެ ހެނދުނު 09:15 އިން 12:00 އާއި ދެމެދުގެ ވަގުތުތަކުގައި ޕާސްޕޯޓަށް އެދި ހުށަހެޅޭނެކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
މި ވަގުތުތަކުގައި، ކިއުބީ މެދުވެރިކޮށް ޕާސްޕޯޓަށް ނެގުމަށް ނަންބަރު ދޫކުރުން ކުރިއަށްދާނެކަމަށްވެސް އެ އިދާރާއިން ވިދާޅުވެފައިވެއެވެ.
އިމިގްރޭޝަނުން ވިދާޅުވީ، މެޑިކަލް އެމަރޖެންސީގެ ހާލަތެއްގައި ޕާސްޕޯޓުގެ ޚިދުމަތަށް އެދި ގުޅުމަށް އެ އިދާރާއިން ދީފައިވާ ނަންބަރަކީ 9555333 އެވެ.
އަތޮޅުތަކުގައިވެސް ޕާސްޕޯޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް
- އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ހއ. ދިއްދޫ އަދި ލ. ފޮނަދޫން ކޮންމެ ދުވަހަކު ހެނދުނު 09:15 އިން 12:00 އަށް
- ދ. ކުޑަހުވަދޫގައި ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 09:15 އިން 12:00 އަށް
- ރ. އުނގޫފާރާއި ހއ.އިހަވަންދޫއިން ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު ހެނދުނު 09:15 އިން 12:00 އަށް
- ށ. ފޮނަދޫއިން ކޮންމެ ހަފްތާއެއްގެވެސް އަންގާރަ ދުވަހު ހެނދުނު 09:15 އިން 12:00 އަށް
އިމިގްރޭޝަނުން ފޯރުކޮށްދޭ ވިސާގެ ޚިދުމަތްތަކާއި ގަޑިތައް
- ވިސާއަށް އެދި ހުށަހެޅުން: ހެނދުނު 09:00 އިން ހަވީރު 17:00 އަށް އިމުގާ ޕޯޓަލް އަދި އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް
- ވޯކް ވިސާއަށް އެދި ޕާސްޕޯޓު ހުށަހެޅުން: ކޮންމެ ދުވަހަކު ހެނދުނު 09:05 އިން 10:45 އަށް
- ވޯކް ވިސާއަށް އެދި ހުށަހަޅާފައިވާ ޕާސްޕޯޓް ދޫކުރުން: ކޮންމެ ދުވަހަކު ހެނދުނު 11:00 އިން 12:30 އަށް
- ވޯކް ވިސާ ފިޔަވައި އެހެނިހެން ވިސާއަށް އެދި ޕާސްޕޯޓް ބަލައިގަތުމާއި، ވިސާ ޖަހައިދިނުން: ކޮންމެ ދުވަހަކު ހެނދުނު 09:05 އިން 12:00 އަށް އެޕޮއިންމެންޓް އުސޫލުން
ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 13:00 އަށް އެންފޯސްމެންޓް އެންޑް ކޮމްޕްލަޔަންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
ސީޕޯޓުގެ ޚިދުމަތް ދޭ ގަޑިތައް
- ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ހަވީރު 17:00 އަށް
- ރޭގަނޑު 21:30 އިން 00:00 އަށް
- ހުކުރު ދުވަހު މެންދުރު 14:30 އިން ހަވީރު 17:00 އަށް
- ރޭގަނޑު 21:30 އިން 00:00 އަށް

