މުވާސަލާތު ކުރުމަށް ބޭނުންކުރަމުން ދިޔަ އެޕްލިކޭޝަން ސްކައިޕް ހުއްޓާލުމަށް މައިކްރޯސޮފްޓުން ނިންމައިފި އެވެ.
މައިކްރޯސޮފްޓުން ސްކައިޕް ހުއްޓާލުމަށް ނިންމާފައިވަނީ އެ ކުންފުނީގެ އެހެން އެޕްލިކޭޝަނެއް ކަމުގައިވާ މައިކްރޯސޮފްޓް ޓީމްސްއަށް އިސްކަން ދިނުމަށްޓަކައެވެ.
މައިކްރޯސޮފްޓުގެ ސީއީއޯ ސަތިޔާ ނަދެއްލާ ވިދާޅުވީ ސްކައިޕް އަކީ އެ ކުންފުނީގެ ތާރީހުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރި އެޕްލިކޭޝަނެއް ކަމުގައި ވީ ނަމަވެސް ކުރިއަރަމުންދާ ޓެކްނޮލޮޖީ އާއި އެއް ވަރަކަށް ކަންކަން ބަދަލުވާންޖެހޭތީ އެ ކުންފުނިން މިވަގުތު އިސްކަންދެނީ މައިކްރޯސޮފްޓް ޓީމްސް އިތުރަށް ވަރުގަދަ ކުރަން ކަމަށެވެ.
ސްކައިޕް ހުއްޓާލުމަށް ނިންމި ނިންމުމާ ގުޅިގެން އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ގެންދާ، އާއިލާތަކާއި ދުރުގައި ދިރިއުޅެމުން ގެންދާ ފަރާތްތަކަށް ސްކައިޕް ވެގެން ގޮސްގައިވަނީ ނުހަނު މުހިންމު އެޕްހިކޭޝަނަކަށެވެ.
ސްކައިޕް ހުއްޓާލުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގައެވެ.

