ވިއްސާރައަކަށް އަތްވަކަށް ބެލުމެއްނެތި ފުލުހުން ކުރަމުންދާ އަގުހުރި މަސައްކަތްތަކުގެ ވާހަކަ މުޅި ސޯޝަލް މީޑިއާގައެވެ. ތަޢުރީފު ހައްޤެއް ނޫންތޯއެވެ؟
އަބަދު އެއް އަޑަކަށް އިވެނީ ފުލުހުން ކަމުނުދާ ވާހަކައެވެ. ޚިދުމަތުގެ ފެންވަރު ދަށްވާހަކައެވެ. އެހެންނަމަވެސް މި ހުރިހާ ކަމެއް އެއްފަރާތް ކޮށްލުމަށްފަހު އެމީހުން ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށްލުމަކީ މުހިންމުކަމެކެވެ.
ފުލުހުން ވަނީ މިއަދު އެކަނިވެސް އެތައް ގޮތްގޮތުން މާލޭގެ އެކި ސަރަހައްދުގައި ހަަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ގޭގެއަށާއި ފިހާރަތަކަށް ފެންވަންނަމުންދާއިރު، ފުލުހުން ދަނީ ހަލުވިކަމާއެކު އެކި ސަރަހައްދުތަކުގައި މަސައްކަތްކުރަމުންނެވެ. ވެލިބަސްތާ ޖަހައި، ފެންބޮޑުވެފައިވާ ގެތަކުން ފެން ހިއްކުމުގައި އެހީތެރިވެދެމުންނެވެ.

މާލޭގައި ފެންބޮޑުވެ ގެތަކަށް ފެން ވަންނަމުންދާތީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތުގައި ފުލުހުން
ވިއްސާރައިގެ ތެރޭގައިވެސް، ފުލުހުންގެ ޕެޓްރޯލް ޚިދުމަތް މެދުނުކެނޑި ކުރިއަށްދެއެވެ. އާންމު ރައްޔިތުންގެ ރައްކާތެރިކަމަށް ޓަކައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގައި ފުލުހުން ދަނީ ދުވާރަކަށް ނުބަލައި މަސައްކަތްކުރަމުންނެވެ. އިމަޖެންސީ ފޯނުކޯލުތަކަށް ޖަވާބުދީ، ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް އަބަދުވެސް ތައްޔާރަށް ތިބެއެވެ.

ފުލުހުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތުގައި
މީގެ އިތުރުން ވެސް ފުލުހުން ވަނީ ބޯ ވިއްސާރައިގައި ގެއަށް ނުދެވިފައި ތިބި ފަރާތްތަކަށް ވަރަށް ގާތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.
"މިކަމުގައި ފުލުހުންގެ ވަފާތެރިކަމަށް ދުވަހަކުވެސް ބަދަލެއް ނާންނާނެ" ފުލުހުން ޔަގީންކޮށްދީފައިވެއެވެ.

