ބޭނުންވާ ތަކެތި:
- 3 ޗިޗަންޑާ
- ވަޅޯ މަސް
- 1 ދަޅު ޓޮމާޓޯ ޕޭސްޓް
- 4 މޭޒުމަތީ ސަމުސާ ލޮނުމިރުސް
- 2 ފިޔާ (ކޮށާފައި)
- 4 ލޮނުމެދު
- ރާނބާފަތް
- ހިކަނދިފަތް
- 4 ހިކި މިރުސް
- 1 ގިތެޔޮ މިރުސް
- 100 މލ ތެޔޮ
- ރަހަލާ ވަރަށް ލޮނު
- ރީނދޫ ކޮޅެއް 1/4 ސަމުސާ ވަރުގެ
ތައްޔާރު ކުރާނެ ގޮތް:
ޗިޗަންޑާ މަށާލުމަށްފަހު އެތެރެބައި ނަގާލައި ކޮށާލާށެވެ، ތެއްޔެއް ނުވަތަ ތަވާ އުނދާފައި، ތެޔޮފޮދު އަޅައި، ޗިޗަންޑާކޮޅާއި ރީނދޫކޮޅު އެއްކޮށް އަޅައިގެން މިލުވައިލާށެވެ. ވަކިން ތަށްޓަކަށް ނަގާލާށެވެ. އަދި ތެޔޮފޮދެއް އަޅައި އެއަށް ފިޔާ، ލޮނުމެދު، ހިކަނދިފަތާއި ރާނބާފަތް، ލޮނާއި ގިތެޔޮމިރުސް އަޅާލުމަށްފަހު، ވަޅޯމަސްކޮޅު އަޅައި ތެލުލާށެވެ. އިރުކޮޅަކުން ލޮނުމިރުސްކޮޅާއި ޓޮމާޓޯޕޭސްޓް އެޅުމަށްފަހު އެއްކޮށްލައި ރަނގަޅަށް ރަހަ މީރުވަންދެން އެއްކުރަމުން އެއަށް ޗިޗަންޑާކޮޅު އަޅާލާށެވެ. މަޑު ގިނީގައި ރަނގަޅަށް ރޯ ފިލުވަންދެން ކައްކާށެވެ.
(ރޯދަ ވީއްލުމަށްފަހު، ކެއުމަށް، ރޮށްޓާއެކު ނޫނީ ބަތާއެކުވެސް މިއީ ފިސާރު ދިވެހިވަަންތަ ކެއުމަކަށް ވާނެއެވެ.)

