ކ. ދިއްފުއްޓަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 296.1 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފިއެވެ.
މިއީ މިހާތަނަށް އޮޓޮމެޓިކް ވެދާ ސްޓޭޝަނަކުން 24 ގަޑިއިރު ތެރޭގައި ރެކޯޑް ކުރެވިފައިވާ އެންމެ މަތީ އަދަދުކަން ފާހަގަކޮށްލެވެއެވެ.
ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ދެވަނަ އަށް އެންމެ ބޯކޮށް ވާރެ ވެހުނީ ހުޅުމާލެ އަަށެވެ. އެއީ 185.5 މިލިމީޓަރުގެ ވާރޭއެވެ. ތިންވަނަ އަށް އެންމެ ބޯކޮށް ވާރޭ ވެހިފައި ވަނީ ހުޅުލެ އަށެވެ. އެއީ 177.2 މިލިމީޓަރުގެ ވާރޭއެވެ.
ފާއިތުވި 24 ގަޑިއިރު ބޯކޮށް ވާރޭ ވެހުނު ސަރަހައްދުތައް:
- ކ. ދިއްފުށި – 296.1 މިލިމީޓަރުގެ ވާރޭ
- ހުޅުމާލެ – 185.5 މިލިމީޓަރުގެ ވާރޭ
- ހުޅުލެ – 177.2 މިލިމީޓަރުގެ ވާރޭ
- ބ. ގޮއިދޫ – 166.3 މިލިމީޓަރުގެ ވާރޭ
- ބ. ދަރަވަންދޫ – 159.6 މިލިމީޓަރުގެ ވާރޭ
- އދ. މާމިގިލި – 127.0 މިލިމީޓަރުގެ ވާރޭ
- ކ. ގާފަރު – 124.4 މިލިމީޓަރުގެ ވާރޭ
- އއ. ތޮއްޑޫ – 121.9 މިލިމީޓަރުގެ ވާރޭ
މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ވަނީ ލަފާ ކޮށް، ބައެއް ސަރަހައްދުތަކަށް ރީނދޫ އެލާޓް ވަނީ ނެރެފައެވެ. ހަމައެއާއެކު، ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ނަސޭހަތްތެރިވެފައެވެ.

