އިންޑިޔާގެ އުތުރުގައި އޮތް އުއްތަރާކަންދު ސަރަހައްދުގެ ފަރުބަދަމަތީ ހިސާބުތަކަށް ސުނޯއާއި އައިސް ފޭބުމާ ގުޅިގެން ހަތަރު މީހުން މަރުވެ، އިތުރު ބަޔަކު ގެއްލިއްޖެއެވެ.
ޗައިނާާައާއި އިންޑިއާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރި ހިނގި މި ހާދިސާގައި ފަރުބަދަ މައްޗަށް ކުއްލިއަކަށް ފޭބި ސުނޯއާއި އައިސްތަކުގެ ދަށުވެ 55 މީހުން ތާށިވެފައިވާ ކަމުގައި އިންޑިއާގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ. މީގެ ތެރޭގައި 50 މީހުން ސަލާމަތް ކޮށްފައިވާއިރު، ސުނޯއާއި އައިސްތަކުގެ ދަށުވެ، ލިބުނު އަނިޔާތަކުގެ ސަބަބުން ހަތަރު މީހަކު މަރުވެފައިވާ ކަމުގައި ވެސް އަސްކަރިއްޔާއިން ބުންޏެވެ.
އުއްތަރާކަންދަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ފަރުބަދަމަތީ ސަރަޙައްދު ކަމުގައިވާ ހިމާލަޔެ ސަރަޙައްދުގައި އޮންނަ ސްޓޭޓެކެވެ. މި ސަރަހައްދަކީ މީގެ ކުރިންވެސް އެކި ކާރިސާތައް ކުރިމަތިވެފައިވާ ސަރަހައްދެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، ފެންބޮޑުވުމުގެ ހާދިސާތަކާއި ސްނޯއާއި ގަނޑުފެން ފޭބުމުގެ ހާދިސާއަށް ގިނަ އަދަދަަކަށް ހިނގާފައިވެއެވެ. 2021 ވަނަ އަހަރުވެސް އެ ސްޓޭޓްގެ ކޯރަކަށް ބިޔަ އައިސްގަނޑެއް ވެއްޓުމާއި ގުޅިގެން ހިނގި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާއެއްގައި 200 އަށްވުރެ ގިނަ މީހުން މަރުވިއެވެ. ހަމައެއާއެކު، 2022 ވަނަ އަހަރު ހިނގި ސުނޯއާއި އައިސް ފޭބުމުގެ ހާދިސާއެއްގައިވެސް 27 މީހުން މަރުވިއެވެ.

