ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހިނގި އެކްސިޑެންޓެއްގައި 6 އަހަރުގެ ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ދަނޑިވަޅެއްގައެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ 15:50 އެހާކަންހާއިރުއެވެ. އެކްސިޑެންޓް ހިނގާފައިވަނީ ނިރުކޮޅުމަގު، އެލްމޯބައިލް 3 ކައިރިން މަގު ހުރަސްކުރަމުންދިޔަ މީހަކު ކުއްޖެއްގެ ގައިގައި ސައިކަލެއް ޖެހުމުގެ ސަބަބުންނެވެ.
މި އެކްސިޑެންޓްގައި ކުޑަކުއްޖާއަށް ވެފައިވާ އަނިޔާތަކުގެ ތެރޭގައި ކަކޫ މަށައިގެން ދިއުމާއި، ކަނާތްފަރާތު ތުންފަތްމަތިން ބައި އިންޗް ތަންކޮޅެއް ފަޅައިގެން ދިއުމުގެ އިތުރުން އެހެނިހެން ކުދި އަނިޔާތަކެއް ހިމެނެއެވެ.
ފުލުހުން އިތުރަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެ ކެޓެގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތަކުންނެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، ތަޙުޤީޤު ކުރިއަށްދާކަން ވެސް ފުލުހުން ފާހަގަކުރައްވާފައިވެއެވެ.

