ގަދަ ހޫނު ސަބަބުން ފިލިޕީންސްގެ ގިނަ އަދަދެއްގެ ސްކޫލުތައް ބަންދު ކޮށްފައި ވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ހާމަކޮށްފިއެވެ
މެނީލާ އާއި އެގައުމުގެ އިތުރު ދެ ސަރަހައްދެއްގައި ނުރައްކާތެރ ދަރަޖައަށް ހޫނުމިން އަރާނެ ކަމުގެ އިންޒާރު އެ ގައުމުގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ދީފައެވެ.
ހަމައެއާއެކު، މި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ގެއިން ބޭރަށް ނުނިކުތުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މިދިޔަ އަހަރުވެސް ފިލިޕީންސްގެ ބޮޑު ސަރަހައްދަކަށް ހޫނު ގަދަވުމުގެ ސަބަބުން ކްލާސްތައް މެދުކަނޑާލަން ޖެހުމުގެ ސަބަބުން އެތައް މިލިއަން ދަރިވަރުންނަށް އޭގެ އަސަރު ކޮށްފައިވާއިރު، މިއަދު އެ ގައުމުގެ ފިނިހޫނުމިން 33 ސެލްސިއަސްއަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މެނީލާ ހިމެނޭހެން އިތުރު ހަ ސަރަހައްދެއްގެ ކްލާސްރޫމްތައް ބަންދުކުރަން އެ ގައުމުގެ ސަރުކާރުން ވަނީ އަންގާފައެވެ.

