އެސްޓީއޯއިން ކާށީގެ އާ ސްޓޮކެއް ގެނެސް، ވިއްކަން ފަށައިިފިއެވެ.
ރަމަޟާން މަހަށް ހާއްސަކޮށް އެސްޓީއޯއިން ރައްޔިތުންނަށް ހެޔޮ އަގުގައި ތަކެތި ލިބޭނެ އިންތިޒާމްތައް ހަމަޖައްސަމުންދާއިރު، އިންޑިއާއިން ރާއްޖެ ގެނައި ކާށީގެ އާ ސްޓޮކް އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކަމުންދާ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.
ރަމަޟާން މަހަށް ހާއްސަކޮށްގެން ބާޒާރުގައި އަގުތައް މައްޗަށް ދާ ތަކެތި ވަކިކޮށް، އެ ތަކެތީގެ އަގުތައް މަތިނުވާނެހެން ތާޒާ ތަރުކާރީ އާއި މޭވާ އަދި ޕްރޮސެސްޑް ކާނާ އެތެރެކުރަމުންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

