ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ސީއީއޯ، ޑރ. ވިޓާލީ ލިއުބިމޮވް މަގާމުން ވަކިކޮށްފި އެވެ.
ޕީސީބީން އެކްސްގައި މިރޭ ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މިއަދުން ފެށިގެން ވިޓާލީ ވަނީ ސީއީއޯގެ މަގާމުން ވަކިކޮށްފައި ކަމަށެެވެ. އެހެންނަމަވެސް، މި ނިންމުން ނިންމި ސަބަބެއް ސާފެއް ނުވެ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޑރ. ވިޓާލީ ލިއުބިމޮވް އަކީ މިފްކޯއަށް ހަމަޖެއްސި ފުރަތަމަ ބޭރު ސީއީއޯއެވެ.
އޭނާ މަގާމުން ވަކިކޮށްފައި މިވަނީ އޭނާ އައްޔަނުކުރިތާ 3 މަސް ފަހުންނެވެ. އޭނާ މަގާމަށް އައްޔަން ކުރީ 9 ޑިސެމްބަރު 2024 ގައެވެ.

