ބޭކަޑް ޗިކެން ޕާސްޓާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޤްބޫލު، ރަހަމީރު ކެއުމެކެވެ. މިއީ ގޭގައި ވަރަށް ފަސޭހައިން ތައްޔާރުކުރެވޭނެ ކާނާއެކެވެ. މި ކެއުން ތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި ތައްޔާރުކުރާނެ ގޮތް މި ލިޔުމުގައި ހިމަނާލާނަމެވެ.
ބޭނުންވާ ތަކެތި
- 2 ޖޯޑު ރުންމޯ ޕެންނޭ ރިގާޓޭ
- 4 ޖޯޑު ފެން
- ½ 1 ސައިސަމުސާ ލޮނު
- 3 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
- ½ ޖޯޑު ފިޔާ (ގޮޅިކޮށް ކޮށާފައި)
- ½ 1 މޭޒުމަތީ ސަމުސާ ލޮނުމެދު
- 1 ރަތް ބެލް ޕެޕަރ
- 1 ޖޯޑު ކުކުޅު
- 9 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
- 1 ޖޯޑު މޮޒަރެލާ ޗީޒް

ބޭކަޑް ޗިކެން ޕާސްޓާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޤްބޫލު، ރަހަމީރު، ގޭގައި ވަރަށް ފަސޭހައިން ތައްޔާރުކުރެވޭނެ ކާނާއެކެވެ./ ފޮޓޯ: ގިމީޑެލިޝަސް
ތައްޔާރު ކުރާނެ ގޮތް
އެންމެ ފުރަތަމަ ފެން ކައްކާފައި، އެއަށް ޕާސްޓާ އާއި ލޮނު އަޅައިގެން 12 މިނިޓު ވަންދެން ކައްކާލަންވާނެއެވެ. ކެއްކުމަށްފަހު 2/3 ޖޯޑުގެ ޕާސްޓާ ކެއްކި ފެން ވަކިން ބަހައްޓާފައި، ޕާސްޓާ ފުރާނާލަންވާނެއެވެ.
ދެން ތެލުގައި ފިޔާ، ލޮނުމެދު އަދި ބެލް ޕެޕަރު ކައްކާލަންވާނެއެވެ. މީގެ ފަހުން ކުކުޅު، ލޮނު އަދި އަސޭމިރުސް އަޅައިގެން ކުކުޅު ރޯފިލަން ދެން ކައްކަން ވާނެއެވެ. ދެން ޓޮމާޓޯ ޕޭސްޓް، ތެޅިމިރުސް، ޗިލީ ސޯސް އަދި އޮރެގަނޯ އަޅައިގެން ކައްކާލަންވާނެއެވެ. މީގެ ފަހުން ކައްކާފައި ހުރި ޕާސްޓާ އާއި ރައްކާ ކޮށްފައި ހުރި ފެން އަޅައި، ޕާމެސާން ޗީޒް އެއްކޮށްލަންވާނެ އެވެ.
އެންމެ ފަހު ފިނިޝިންގ ޓަޗްގެ ގޮތުގައި ތައްޔާރުވެފައިވާ ޕާސްޓާ ތަބަކަށް އަޅައި މޮޒަރެލާ ޗީޒް އަޅައިގެން ފަތުރާލަންވާނެއެވެ. މިހާހިސާބުން ބޭކަޑް ޗިކެން ޕާސްޓާ ތައްޔާރުވީއެވެ. މިއީ ޢާއިލާއާއެކު ނުވަތަ ރަޙްމަތްތެރިންނާއެކު ހިއްސާކުރުމަށް ވަރަށް ރަނގަޅު ކެއުމެކެވެ.

