ދާދި ދެންމެއަކު ހުޅުމާލެ ފޭސް 2 ގައި 2 ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގު މުނި ހޯމްކެއަރ މިސްކިތް ކައިރީގައެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި މި އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް މިހާރު ގެންގޮސްފައިވެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުގީގު ކުރަމުންނެވެ.
ފަހަކަށް އައިސް ހުޅުމާލޭގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓްތައް ވަރަށް ގިނައިން ހިނގަމުންދާކަން ފާހަގަކުރެވެއެވެ.

