ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށްގެން އިސްލާމިކް މިނިސްޓްރީއިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ އޮފީސްތަކުގެ ގުތުއާން މުބާރާތް ފަށައިފިއެވެ.
24 އޮފީހަކުން 94 ބައިވެރިން މި އަހަރުގެ މުބާރާތުގައި ބައިވެރިވާއިރު، މި މުބާރާތުގެ ކިޔެވުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް، ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައެވެ.
މި މުބާރާތަކީ ކީރިތި ގުރުއާން ކިޔެވުމުގެ ރޫހު އާލާކޮށް، ދިރުވުމަށް، 2016 ވަނަ އަހަރުން ފެށިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މުބާރާތެއްކަން ފާހަގަކޮށްލެވެއެވެ.

