ބައެއް މީހުން ދެކެނީ ރަމަޟާން މަހަކީ ހުސް އަޅުކަމުގެ މައްސަރު ކަމަށެވެ. ވީމާ މި މަހުގައި ދެމަފިރިކަމުގެ ގުޅުން ހިންގުން ހުއްދައެއް ނުވާނެއެވެ. މިއީ ރަނގަޅު ވާހަކައެއްހެއްޔެވެ؟
ޖަވާބު : ޝައްކެއްވެސް ނެތް ގޮތުގައި ރަމަޟާން މަހަކީ އަޅުކަން އިތުރުކޮށް އިޞްލާޙުވާންޖެހޭ މައްސަރެކެވެ.
ނަމަވެސް ދެމަފިރިކަމުގެ ގުޅުން ހިންގުމަކީ ރަމަޟަން މަހުގައި މަނާކަމެއް ނޫނެވެ.
ބަޤަރާ ސޫރަތުގެ 187 ވަނަ އާޔަތުގައި މާތް ﷲ ބަޔާން ކުރައްވާފައި ވަނީ، ރަމަޟާންމަހުގެ ރޭނގަޑުގެ ވަގުތުގައި އަނބިންގެ ކިބައިން އަރާމު ލިބިގަތުން ހުއްދަކަމަށެވެ. ވީމާ އެ ކަމަކީ ރޯދަ މަހުގެ އަދަބާއި ޚިލާފު ކަމެއް ނޫނެވެ.

