ކަރަންޓް ބޭނުން ކުރުމުގައި ޒިންމާދާރުވެ، ކަރަންޓް އިގްތިސާދު ކުރުމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އިލްތިމާސް ކޮށްފި ފިއެވެ.
މި އިލްތިމާސް ކޮށްފައި ވަނީ މި ރޯދަމަހު ފުރަތަމަ ފަހަރަށް މާލެ ސިޓީގައި ކަރަންޓް ބޭނުން ކުރި މިންވަރު 92 މެގަވޯޓް ފަހަނައަޅައި ދިޔުމާ ގުޅިގެންނެވެ.
ސްޓެލްކޯއިން އެކްސް ޕޯސްޓެއްގައި ބުނީ މޫސުން ރަނގަޅުވެފައިވާތީ، ކުރިއަށް އޮތް ދުވަސްތަކަކީ ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވެގެންދާނެ ދުވަސްތަކެއްކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންކަމުން، ރައްޔިތުން ކަރަންޓް ބޭނުން ކުރުމުގައި ސަމާލުވުމަށް އެ ކުންފުނިން ވަނީ ގޮވާލާފައެވެ.

