ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީ ކުރުމުގެ ހަތް މަޝްރޫއުއެއް ސެންޓްރަލް ރީޖަންގެ ރަށްތަކުގައި ހިނގަމުންދާ ކަމަށް އާރުޑީސީން ބުނެފިއެވެ.
އާރްޑީސީގެ މި މަޝްރޫއުތައް ކުރިއަށްދަނީ ނ. ހޮޅުދޫ، ނ. ވެލިދޫ، ޅ. ހިންނަވަރު، މ. މުލައް، އއ. ތޮއްޑޫ، އދ. މާމިގިލި އަދި ދ. ކުޑަހުވަދޫގައެވެ.
ނ. ހޮޅުދޫގައި އަމީރު އަހުމަދު މަގުގައި ބެކް ފިލިންގެ މަސައްކަތާއި ޗާންދަނީ މަގުގައި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި ޅ. ހިންނަވަރުގައި ރޯޑް 1 ގެ ދުވާރު މަސައްކަތާއި ޑެއިޒީ މަގުގައި މަގުބައްތީގެ ކޭބަލް އެޅުމުގެ މަސައްކަތްވެސް ކުރިއަށްދެއެވެ.
އދ. މާމިގިލީގައި ރަށްދެބައި މަގުގައި ދުވާރުގެ މަސައްކަތާއި ބީޗް މަގުގައި ކާބް ސްޓޯން ޖެހުމުގެ މަސައްކަތް ކުރިއަށްދާއިރު، އެހެން ރަށްތަކުގެ މަސައްކަތްތައްވެސް ރޭވިފައިވާ ގޮތަށް ކުރިއަށްދާ ކަމަށް އާރުޑީސީން ބުނެފައިވެއެވެ.

