ބޭނުންވާ ތަކެތި
- 170 ގުރާމު ބަޓަރު
- 4 ބިސް
- 200 ގުރާމު އައިސިން ޝުގަރ
- 1/2 ސަމުސާ ވެނީލާ އެސެންސް
- ކުކިންގ ޗޮކްލެޓް ކޮޅެއް
ތައްޔާރު ކުރާނެ ގޮތް:
ފެނުގެތެރެއަށް ބަޓަރ، ހަކުރު، ލޮނު އެޅުމަށްފަހު ފެން ހޫނު ކުރާށެވެ. ފުށްކޮޅު އަޅާފައި ފުށް ގުޅައަކަށް ވަންދެން ދޭފަތަކުން ހާވާލާށެވެ. ފުށްގަނޑު ކުޑަކޮށް ހިހޫވުމުން ފަހަރަކު ބިހެއް އަޅާށެވެ. ދެން ދޭފަތުން އެއްކުރަމުން ގެންދަވާށެވެ.

ޓްރޭއެއްގައި ތެޔޮފޮދެއް ލުމަށްފަހު، ސްޓާރ ނޮޒުލްއަކުން ވަށްކޮށް އެތިކޮޅުކޮޅަށް އަޅަމުން ގެންދަވާށެވެ. އަދި އެއަށްފަހު އަވަނުން ފިހެލާށެވެ، ނޫނީ ތަވައެއްގައި އުނދުނުން ވެސް މަޑުގިނީގައި ފިހެވިދާނެއެވެ.
ކްރިމްގަނޑު ތައްޔާރުކުރައްވަން ހުރި އެއްޗެތި ކޭކު މިކްސަރަކުން ކްރީމަށް ވަންދެން ގިރާލާށެވެ.
ފިހެފައިހުރި އީކްލިއަރޒްތައް އަރިމަތިން ކުޑަކޮށް ކަފާލާފައި އެއަށް ކްރީމް އަޅާށެވެ. މަތީގައި ކުކިންގ ޗޮކްލެޓްކޮޅެއް ދިޔާކޮށްލުމަށްފަހު އަޅާލުމުން އެނިމުނީއެވެ.

