އޯގަނިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ޖަރީމާތަކާއި ގުޅިގެން މަޝްވަރާކުރެއްވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމަށް ރާއްޖޭގެ ހަރިޖީ ވަޒީރު ޑރ. އަބްދުﷲ ޙަލީލް ސައުދީ އަރަބިއްޔާގެ ޖިއްދާއަށް މިއަދު ފުރާވަޑައިގެންފިއެވެ.
މި ބައްދަލުވުމުގައި ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ހަރުކަށި ފިކުރުތަކަށް ހައްލު ހޯދުމަށާއި ޣައްޒާ ރައްޔިތުން އެ މީހުންގެ ބިމުން ބޭރު ކުރުމަށް ގޮވާލަމުންދާ މައްސަލައާ ގުޅޭގޮތުން މި ބައްދަލުުވުމުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާއިރު، ފަލަސްތީނުގެ ރައްޔިތުންނަށް ލިބެން ޖެހޭ ހައްގުތައް ހޯދައިދިނުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެ ކަަަމުގައި ވަޒީރު ހަލީލް ވަނީ ވިދާޅުވެފައެވެ.
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ އުދުވާނުގައި މިހާތަަނަށް 70،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެެވެ.

