ރާއްޖެ އެތެރެކޮށް، ވިއްކަމުންދާ ގޭސްޓްރިކް ބަލިތަކަށް ހާއްސަ އިންޖެކްޝަނެއް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފި އެވެ.
ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވަނީ “Pantop 40 Injection” ނަމަކަށް ކިޔާ އިންޖެކްޝަނެއްގެ ބެޗު ނަމްބަރު EMPH243030 ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
މި ބެޗުގެ އިންޖެކްޝަން ވިއްކުން މަނާކުރީ ކޮލިޓީ މައްސަލައެއްގެ ސަބަބުން ކަމަށާއި މި އިންޖެކްޝަން ބޭސްފިހާރަތަކާއި ސިއްހީ ހިދުމަތްދޭ އެހެން ތަނެއްގައި ހުރި ނަމަ އެކަން އެމްއެފްޑީއޭ އަށް އަންގާ އުސޫލުގެ ތެރެއިން އެ ތަކެތި ނައްތާލުމަށް އިދާރާއިން ވަނީ އަންގާފަ އެވެ.

