ޒިބްރާ ޗޮކޯ ކޭކަކީ ފެނުމަށް ރީތި އަދި ރަހަ މީރު ކޭކެކެވެ. މި ކޭކުގެ ޚާއްޞަކަމަކީ ދެ ކުލައިގެ (ހުދު އަދި ޗޮކްލެޓް) ފަށަލަތަކެއް ހިމެނޭ ގޮތަށް ތައްޔާރުކުރެވޭ ކޭކަކަށްވުމެވެ.
ބޭނުންވާ ތަކެތި
- ½ 1 ޖޯޑު ހަކުރު
- 100 ގުރާމު ބަޓަރ
- 1 ޖޯޑު ފުލްކްރީމް މިލްކް
- 2 މޭޒުމަތީ ސަމުސާ ވިނިގާ
- 2 ޖޯޑު ފުށް
- 2 މޭޒުމަތީ ސަމުސާ ބޭކިން ޕައުޑަރ
- ½ މޭޒުމަތީ ސަމުސާ ބޭކިން ސޮޑާ
- 1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
- 3 ކުކުޅުބިސް
- ¼ ޖޯޑު ކޮކޯ ޕައުޑަރ
- 1 ޗޮކްލެޓް (ބޭނުން ވައްތަރެއްގެ ޗޮކްލެޓެއް، އަޅުގަނޑުމެން ބޭނުންކޮށްފި ކެޑްބަރީ ބަބްލީ ކުޑަޗޮކްލެޓަކާއި ރެވެލޯ ކުޑަޗޮކްލެޓް އެއް، ތަށްޓަކަށް އަޅައި ހޫނުފެން އެއްޗެއް ތެރޭ ތަށި ބެހެއްޓުމުން ޗޮކްލެޓް ވިރި ދިޔާ ޗޮކްލެޓަށް ވެދާނެ.)
ތައްޔާރުކުރާނެ ގޮތް
1. އެންމެ ފުރަތަމަ ހަކުރާއި، ބަޓަރާއި، ކިރާއި، ވިނިގާ އަދި ބިސް މިކްސަރުން ރަނގަޅަށް ގިރާލަންވާނެއެވެ. މިއީ ކޭކުގެ ބޭސިކްމިކްސްޗަރ އެވެ.
2. ދެން ފުށް ފުރާނާލުމަށްފަހު އެ ބަޔާ އެއްކޮށްލާށެވެ. އޭގެ ފަހުން ވެނީލާ އެސެންސާއި، ބޭކިން ސޮޑާ އަދި ބޭކިން ޕައުޑަރ އެއްކޮށް އަތުން ރަނގަޅަށް ގިރާލަންވާނެއެވެ.
3. މި މިކްސްޗަރ ދެބަޔަށް ބަހާލުމަށްފަހު، އެއްބަޔަށް ކޮކޯ ޕައުޑަރ އަދި ދިޔާކުރި ޗޮކްލެޓް އެއްކުރާށެވެ. މިއީ ކޭކުގެ ޗޮކްލެޓް ކުލައިގެ ފަށަލަ ތައްޔާރުކުރުމަށް ޓަކައެވެ.
ކޭކު އެތުރުމާއި ފިހުން
1. ކޭކު ފިހާ ޓްރޭގައި ބޭކިން ޕޭޕަރ އެޅުމަށްފަހު، ފުރަތަމަ ކޮކޯ ޕައުޑަރާއި ޗޮކްލެޓް އެއްކުރި މިކްސްޗަރުން ސަމުސަލެއް އަޅަންވާނެއެވެ. ދެން އޭގެ މަތިން ހުދުކުލައިގެ މިކްސްޗަރުން ސަމުސަލެއް އަޅާށެވެ.
2. މިގޮތަށް ފަހަރަކު ސަމުސަލެއް އަޅަމުން ގެންދަންވާނެއެވެ. އެންމެ މަތީ ފަށަލައަކަށް އަޅާނީ ކޮކޯ ޕައުޑަރ އަދި ޗޮކްލެޓް އެއްކުރި މިކްސްޗަރެވެ. އޭގެފަހުން އިލޮށިކޮޅަކުން މަލެއްގެ ކުރެހުމެއް ކުރަހާލަންވާނެއެވެ.
3. އަވަން 180 ޑިގްރީއަށް ހޫނުކުރުމަށްފަހު ކޭކު ފިހަން ފަށާށެވެ. ކޭކު ފުރިހަމައަށް ފިހުނީތޯ ބެލުމަށް އިލޮށިކޮޅެއް ވަދެ ނުކުންނަ ވަރަށް ކޭކުގައި ހަރާލުމަށްފަހު ނެގުމުން އިލޮށީގައި ކޭކު ހަރުލާފައި ނެތްނަމަ ކޭކު އެވަނީ ފިހިފައެވެ.
ޒިބްރާ ޗޮކޯ ކޭކަކީ ޚާއްޞަ މުނާސަބަތުތަކަށް އެކަށޭނަ، ފެނުމަށް ރީތި އަދި ރަހަ މީރު ކޭކެކެވެ. މަތީގައިވާ އިރުޝާދުތަކާ އެއްގޮތަށް ތައްޔާރުކޮށްފިނަމަ، ފަސޭހައިން މި ކޭކު ގޭގައި ތައްޔާރުކުރެވޭނެއެވެ.
ރޯދަ ވީއްލުމަށާއި ތަރާވީހަށްފަހު ކެއުމަށް ޚާއްޞަ ކާނާތައް ތައްޔާރުކުރުމަކީ ގިނަ ބައެއްގެ އާދައެކެވެ. ޒިބްރާ ޗޮކޯ ކޭކަކީ މި ދެ ވަގުތަށްވެސް ވަރަށް އެކަށޭނަ، ރަހަމީރު އަދި ފަސޭހައިން ތައްޔާރުކުރެވޭނެ ކޭކެކެވެ. ކޮފީ ނުވަތަ ސޫޖީއާއެކުވެސް ނޫނީ ހޫނު ސަޔާއެކު މި ކޭކު ވަރަށް މީރުވާނެއެވެ.

